ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2017/137
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 16 ޖުލައި 2017 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ހުށަހެޅުމުގެ ސުންގަޑި

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަނބަރު 96/10) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން ހުށަހަޅަންޖެހޭ 2016 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ބަލައިގަތުމުގެ ސުންގަޑި އަންނަނީ މި ހިނގާ ޖޫން މަހުގެ ފަހު ހަފްތާގައި ކަމަށްވެފައި، އެ ހަފްތާއަކީ ފިތުރު ޢީދާ ގުޅިގެން ބަންދު ދުވަސްތަކެއް އަންނަ ހަފްތާއަކަށްވާތީ، ކުންފުނިތަކުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ބަލައިގަތުމުގެ ސުންގަޑި 16 ޖުލައި 2017ގެ ނިޔަލަށް ފަސްކުރެވިފައިވާ ވާހަކަ އާންމުކޮށް އަންގާ އިޢްލާންކުރީމެވެ. 

15 ޖޫން 2017