ދިވެހިރާއްޖެ
އިޢުލާން ނަންބަރު: MRDC-IUL/2017/08
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ހެޑް އޮފީހަށް އެސިސްޓަންޓް ސުޕަވައިޒަރ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓަންޓް ސުޕަވައިޒަރ،ގްރޭޑް1 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އެސް.އެސް 2 – ގްރޭޑް1 |
މުސާރަ: |
މަހަކު -/4560 ރުފިޔާ (ހަތަރުހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
ކޯޕަރޭޝަނުގެ ހެޑް އޮފީސް |
މަސައްކަތް ކުރާ ޑިޕާރޓްމަންޓް: |
ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާރޓްމަންޓް |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން - ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން، އޭގެ އިތުރުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން. - ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޑިޕާރޓްމަންޓް އިން ޙަވާލުކުރާ އެކި ޕްރޮޖެކްޓްތައް ސްޕަރވައިޒްކޮށް މަސައްކަތްތައް ހިނގާ ނުހިނގާގޮތުގެ ތަފްސީލު ވެރިންނާއި ހިއްސާކުރުން. - ޕްރޮޖެކްޓްތަކަށް ހެދިފައި ހުންނަ ބިލްސް އޮފް ކުއަންޓިޓީޒް (ބީ.އޯ.ކިއު) އާއި ވާރކް ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން. އަދި މިކަމަށް ބޭނުންވާ ސާމާނު މަސައްކަތަށް ބޭނުންވާ ވަގުތަށް ސައިޓަށް ލިބިފައިވޭތޯ ކަށަވަރުކުރުން. - މަސައްކަތައް ބޭނުންވާ މީހުންނާއި ތަކެތި ޝެޑިލްކުރުން. - މަސައްކަތުގެ ސައިޓް ލޮގްތައް ބެލެހެއްޓުން. - ވެރިންގެ އިރުޝާދާއި އެއްގޮތަށް ސައިޓްގައި ކުރާ މަސައްކަތްތައް ނިންމާ ރިޕޯޓް ކުރަންޖެހޭ ފަރާތަކަށް ރިޕޯރޓްކުރުން. - ސައިޓްގައި ކުރާ މަސައްކަތްތަކާއި ގުޅިގެން ހަދަންޖެހޭ ރިޕޯޓްތައް ދުވަހުން ދުވަހުން ހަދާ ހަމަޖެހިފައިވާ އުސޫލުން ފައިލްކޮށް ބެލެހެއްޓުން. - މަސައްކަތްގެ މާހައުލުގައި، މުވައްޒަފުންގެ ސޭފްޓީ ޔަޤީން ކޮށްދިނުން. - ހަވާލު ކުރެވިފައިވާ ޕްރޮޖެކްޓް ނިމުމުން، ޕްރެޖެކްޓާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔުންތައް ފުރިހަމަ ކުރުމަށްފަހު ޑިޕާރޓްމަންޓްގެ ވެރިޔާ އާއި ހަވާލުކުރުން.
|
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 21 މާރޗް 2017 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 މާރޗް މަހުގެ ތާރީޚެއްގައިއެވެ. |
ނޯޓް: |
މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
14 ޖުމާދަލްޢާހިރު 1438
13 މާރޗް 2017