ދިވެހިރާއްޖެ
ނަންބަރު: FNK-K(T)/FNK/IUL/2017/027
އަންދާސީހިސާބު ބޭނުންވެއްޖެ
ތިރީގައިވާ ސްފެސިފިކޭޝަން އާއި އެއްގޮތަށް މިކުންފުންޏަށް އާރް.އޯ ޕްލާންޓްގެ ހައިޑްރޯލިކް ޕްރެޝަރ ބޫސްޓަރ އަށް ބޭނުންވާ ސްޕެއާ ގަންނަން ބޭނުންވެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ހުރިހާ އައިޓަމަކަށް އަގު ހުށަހަޅުއްވަން ވާނެއެވެ. މި މަސައްކަތަށް އަގުހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
Brand: FEDCO
Model: HPB - 60
Serial: 3955
Unit |
Qty |
Description |
Item |
Nos |
04 |
Center Bearing Kit – center bearing, o-ring kit |
1 |
Nos |
04 |
Diffuser Kit – diffuser and o-ring kit |
2 |
Nos |
04 |
Overhaul Kit – rotor, diffuser, center & thrust bearing, o-ring kit |
3 |
Nos |
04 |
O-Ring Kit – complete set of o-rings |
4 |
Nos |
04 |
Rotor Removal Tool Kit – rotor removal tool |
5 |
Nos |
04 |
Rotor Kit – dynamically balanced, custom rotor |
6 |
Nos |
04 |
Thrust Bearing Kit – thrust bearing, o-ring kit |
7 |
ބިޑް ހުށަހެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން:
- އަގު ހުށަހަޅާއިރު ސްޕެސިފިކޭޟަން ގައި ބަޔާންކޮއްފައިވާ ހުރިހާ ތަކެއްޗަކަށް އަގުހުށަހަޅަންވާނެއެވެ.
- މި ބީލަމުގައި ބަލައިގަނެވޭނީ ހަމައެކަނި ދިވެހި ރުފިޔާއިން އަގު ހުށަހަޅައިފައިވާ ނަމައެވެ.
- ބީލަން ހުށަހަޅާއިރު ހުށަހަޅާތެކެތީގެ ޑޭޓާ ޝީޓް ނުވަތަ ޓެކްނިކަލް މަޢުލޫމާތުތައް ހުށަހަޅަންވާނެއެވެ.
- ހުށައަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
ހުށަހަޅަންވީ ތަކެތި:
- މިތަކެތި ސަޕްލައިކޮށްދެވޭނެ އަގު (އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީއަށްވާ ޖުމްލަ އަދަދު ވަކިން އިނގޭނެހެން، ދިވެހި ރުފިޔާއިންނެވެ)
- ސަޕްލައިކޮށްދެވޭނެ މުއްދަތު
- ސެޓިފިކެޓް އޮފް އޯތެންޓިސިޓީ
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
އަންދާސީހިސާބުގައި ޕޮއިންޓްދެވޭ ގޮތް
- އަގަށް 55 ޕޮއިންޓްސް
- ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 55
- ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު (ދުވަސް) 35 ޕޮއިންޓްސް
- ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 35
- ސެޓިފިކެޓް އޮފް އޯތެންޓިސިޓީއަށް 10 ޕޮއިންޓްސް
އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
Managing Director Fenaka Corporation Ltd Iulaan No: FNK-K(T)/FNK/IUL/2017/027 Port Complex.7th Floor Hilaalee Magu, Maafannu Male’ |
މެނޭޖިންގ ޑިރެކްޓަރ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިޢުލާން ނަންބަރ: FNK-K(T)/FNK/IUL/2017/027 ޕޯރޓް ކޮމްޕްލެކްސް، 7ވަނަ ފަންގިފިލާ ހިލާލީމަގު، މާފަންނު މާލެ |
ބިޑް ހުޅުވުމަށް ހަމަޖެހިފައި ވަނީ 2017 މާރޗް 12 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގެ ޖަލްސާ ކުރާ މާލަމުގައި، މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 މާރޗް 12 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ނުވަތަ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018260 ނުވަތަ 3018124 ނަންބަރު ފޯނު މެދުވެރިކޮށް ޓެންޑަރ އެންޑް ފޮރިން ޕާޗޭސް ޑިވިޜަނަށެވެ.
08 ޖުމާދަލްއާހިރާ 1438
07 މާރިޗު 2017