ވަޒީފާގެ ފުރުޞަތު
ނަންބަރު: 170-HR/I/2017/37
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 12 މާރިޗު 2017 12:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ކަރިކިއުލަމް އެސެސްމަންޓް އެންޑް އިންސްޓްރަކްޝަން ސްޕެޝިއަލިސްޓް

ބޭނުންވާ ޢަދަދު: 1

މުސާރަ:

މަހަކު  14,957.05ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 6,410.17 ރުފިޔާ

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ސްޕައިން ޕޮއިންޓް:

45

މަޤާމުގެ ޝަރްޠުތައް:

  • ދަށްވެގެން، އެމް. ކިޔޫ. އޭ. އިން ގަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދަކާއެކު، ލެވެލް 9 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން އޮތުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

ތަޖުރިބާ:

  • މަތީ ހަރުފަތްތަކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަތީ ތަޢުލީމުގެ ދާއިރާއިން ތަޖުރިބާ ހުރުން. މަތީ ތަޢުލީމުގެ ދާއިރާގައި ތަޖުރިބާގެ މުއްދަތުގެ އަދަދުކުރުމުގައި ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.
  • މަންހަޖު އެކުލަވައިލުމާއި، މަންހަޖު ވަޒަންކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މަންހަޖުގައި ކަނޑައަޅާފައިވާ މަޤްޞަދުތައް ހާސިލުވޭތޯ ބެލުމަށް އިމްތިޙާނުތައް ތައްޔާރުކުރުމުގައި ތަޖުރިބާ ލިބިފައިވުން.
  • އެކަޑެމިކް ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • އާ މަންހަޖަށް ޓީޗަރުން އަހުލުވެރިކުރުމަށް ތަމްރީނުދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުން ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ކޯސް ނިންމިކަމުގެ ލިއުންތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ޔުނިވަރސިޓީގެ ރިސެޕްޝަނުން ލިބެން ހުންނާނެ)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އާއި 22:00 ދެމެދު ދުވާލަކު 06 ގަޑިއިރު އިރުއެވެ. އަދި އެމުވައްޒަފަކު ހޮނިހިރު ދުވަހު މަސައްކަތަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިދާރާއިން އަންގަވާ ގޮތުގެމަތިން ހާޒިރުވާން ވާނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

12 މާރިޗު 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް 3022116 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
       

03 މާރިޗު 2017

02 މާރިޗު 2017