ދިވެހިރާއްޖެ
ބީލަމުގެ އުޞޫލުން ގދ. އަތޮޅުގެ ފަޅުރަށްތަކުގެ ތެރެއިން ވަރުވާއަށް ދޫކުރުމަށް ހަމަޖެހިފައިވާ ރަށްރަށުގެ މަޢުލޫމާތު ދިނުން، ޕްރޮސެސިންގ ފީ ބަލައިގަތުމާއި، އަދި ބިޑް ބަލައިގަތުން
މި މިނިސްޓްރީގެ ނަންބަރު(IUL)30-E/30/2017/11 (08 ފެބްރުއަރީ 2017) އިޢުލާނުން ގދ. އަތޮޅުން ވަރުވާއަށް ދޫކުރުމަށް ކަނޑައެޅިފައިވާ ފަޅުރަށްތަކުގެ ތެރެއިން 27 (ހަތާވީސް) ރަށުގެ މަޢުލޫމާތު ދިނުމާއި ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި، ޕްރޮސެސިންގ ފީ ބަލައިގަތުމުގެ ކަންތައްތައް ތިރީގައިވާ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ޢާންމުކޮށް އިޢުލާނު ކުރީމެވެ.
މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ތާރީޚް |
22 ފެބްރުއަރީ 2017 (ބުދަ) މެންދުރުކުރި 10:00 ގައި |
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި، |
ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚް |
27 ފެބްރުއަރީ 2017 ވާ (ހޯމަ) ދުވަހުން ފެށިގެން، 02 މާރިޗު 2017 2016 ވާ (ބުރާސްފަތި) ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 8:30 އިން، 13:00 އަށް
|
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ (ވެލާނާގޭ 7 ވަނަ ފަންގިފިލާ) |
ފޯމުހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚް |
09 މާރިޗް 2017 (ބުރާސްފަތި) ހެނދުނު 10:00 ގައި |
ކަސްޓަމްސްގެ ޖަލްސާކުރާ މާލަމުގައި |