ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)151/1/2017/1
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:12
މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ކަރަންޓު ނަރާއި ކޭބަލް ފާސްކުރުމާ ބެހޭ

ކަރަންޓު ނަރާއި ކޭބަލް ފާސްކޮށްދިނުމަށް އެދި މި އޮތޯރިޓީއަށް ފޯމު ހުށަހަޅާއިރު މައުލޫމާތު ފުރިހަމަނުކޮށް ވަރަށް ގިނަ ފަރާތްތަކުން ހުށަހަޅަމުން ގެންދާކަމާއި، ކަމާބެހޭ ގޮތުން ހުށަހަޅަންޖެހޭ ފުރިހަމަ މައުލޫމާތު ހޯދުމަށް އެފަރާތްތަކަށް ގުޅުމުން ވަރަށް ގިނަ ފަހަރު އެ މައުލޫމާތު އެފަރާތްތަކަށް ސާފުކޮށްނުދެވޭކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން މި އޮތޯރިޓީއަށާއި ކޭބަލް ފާސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެ، ކޭބަލް ފާސްވުން ލަސްވެގެންދެއެވެ.

 

ވީމާ، 16 މާރޗް 2017 ގެ ފަހުން ކަރަންޓު ނަރާއި ކޭބަލް ފާސްކޮށްދިނުމަށް އެދި މި އޮތޯރިޓީއަށް ފޯމު ހުށަހަޅަން ވާނީ، ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ފޯމުގައި ހިމެނުމުގެ އިތުރުން، ފޯމުގައިވާ މައުލޫމާތާއި ފޯމާއިއެކު ހުށަހަޅާ މައުލޫމާތު ޗެކުކޮށްފައިވާ ކަމަށް، މި އޮތޯރިޓީން ދޫކުރާ ކަރަންޓު މަސައްކަތްކުރުމުގެ ލައިސަންސް ގެ ކެޓަގަރީ ABC ގެ ދަށުން ކަނޑައެޅިފައިވާ މަސައްކަތްތައްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން ފޯމުގައި ސޮއިކޮށް އެފަރާތުގެ ނަމާއި ލައިސަންސް ނަންބަރު ފޯމުގައި ހިމެނުމަށްފަހު ކަމުގައި އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

 

މިގޮތަށް ހަމަޖެއްސުމާގުޅިގެން، ކޭބަލް ފާސްކުރުމަށް އެދި ހުށަހަޅާ ފަރާތާ ބެހޭ މައުލޫމާތުގެ އިތުރުން މައުލޫމާތު ޗެކުކުރި ފަރާތާ ބެހޭ މައުލޫމާތު ފޯމުގައި ހިމަނަން ޖެހޭނެތީ، ކޭބަލް ފާސްކޮށްދިނުމަށް އެދޭ ފޯމު ވަނީ މި މައުލޫމާތު ފުރިހަމަކުރެވޭނެ ގޮތަށް ބަދަލުކޮށްފައެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.energy.gov.mv  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.  

 

މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3019100 ފޯނާ ގުޅުން އެދެމެވެ.

16 ފެބުރުވަރީ 2017