ދިވެހިރާއްޖެ
އިޢްލާން
ވިޔަފާރިއާގުޅޭ އެކި ޚިދުމަތްތަކަށްއެދުމަށް އެޕްލިކޭޝަން ފޯމު ތަޢާރަފް ކުރުން
ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކުން އެކި ޚިދުމަތްތަކަށް އެދުމަށް އެޕްލިކޭޝަން ފޯމުވަނީ ތައާރަފްކޮށްފައެވެ. މިގޮތުން، ތައާރަފްކުރެވިފައިވާ ފޯމުތަކަކީ:
1- ވިޔަފާރި ނަން ފާސްކުރުމަށް އެދޭ ފޯމު
2- ވިޔަފާރި ނަން ރަޖިސްޓްރީކުރާ ފޯމު
3- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީއާގުޅޭ ލިޔެކިޔުންތައް އަލުން ދޫކުރުމަށް އެދޭ ފޯމު
4- އަމިއްލަ ފަރުދުންގެ ވިޔަފާރި ބާޠިލު ކުރުމަށް (ވެރިފަރާތް ނިޔާވުމުން) އެދޭ ފޯމު
5- އަމިއްލަ ފަރުދުންގެ ވިޔަފާރި ބާޠިލްކުރުމަށް އެދޭ ފޯމު
6- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މަޤްޞަދުތަކަށް ބަދަލުގެނައުމަށް އެދޭ ފޯމު
7- ވިޔަފާރީގެ ސިއްކަ/ލޯގޯ ރަޖިސްޓްރީކުރުމަށް އެދޭ ފޯމު
8- ޓެކްސްއާ ގުޅުންހުރި ކަންކަމުގައި ޒިނަމާވާނެކަން އަންގައިދޭ ލިޔުން
9- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގައިވާ މަޢުލޫމާތު ބަދަލުކުރުމަށް އެދުން.
މިފޯމުތައް މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުން ލޯޑްކުރެވޭނެ އެވެ.
ވީމާ، މިއަދުން ފެށިގެން ވިޔަފާރިތަކުން ޚިދުމަތަށް އެދޭއިރު އެޚިދުމަތަކާގުޅޭ އެޕްލިކޭޝަންފޯމު ހުށަހެޅުއްވުން އެދެމެވެ.