މަސައްކަތް
ނަންބަރު: (IUL)445-MS/445/2017/2
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:07
ސުންގަޑި: 12 ފެބުރުވަރީ 2017 09:30
ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޫނޑިގަން އަވަށުގެ ކުޑަކުދިންގެ ޕާކްގެ ވަށާ ފެންސްޖެހުމާއިބެހޭ

                ފުވައްމުލަކު ދޫނޑިގަން އަވަށުގައި ކައުންސިލްގެ ފަރާތުން ޤާއިމްކޮށްފައިވާ ކުޑަކުދިންގެ ޕާކްގެ ވަށާ ފައުންޑޭޝަން އަޅާ ފެންސް ޖެހުމަށްބޭނުންވެއެވެ. ފައުންޑޭޝަން އެޅުމަށްޓަކައި ކައުންސިލްގެ ފަރާތުން ހިލަ، ހިލަވެލި، ސިމިންތި އަދި ދަނގަޑު ފޯރުކޮށްދެވޭނެއެވެ. މިމަސައްކަތަށް އިތުރަށް ބޭނުންވާ ތަކެތި ހޯދަންވާނީ މަސައްކަތް ކުރާ ފަރާތުންނެވެ.   

                ވީމާ، މިކައުންސިލުންދޭ މިންތަކާއި އެއްގޮތަށް ކޮންޓްރެކްޓް އުސޫލުން، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ފެބްރުއަރީ 2017 ވާ އާދީއްތަ ދުވަހުގެ 09:30 އަށް ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ފެބްރުއަރީ 2017 ވާ ބުދަ ދުވަހުގެ 09:30 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓް ހުށަހަޅަންވާނީ ސިޓީއުރައަކަށްލައި ބަންދުކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ޕާކްގެ ފެންސް ޖެހުމާއި ބެހޭ" މިގޮތަށް ޖަހާފައެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އެސްޓިމޭޓް ބަލައިގަތުން އޮންނާނީ ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައި ނުގަންނަވާނެއެވެ.

 

٤ جمادى الأولى 1438   

01 ފެބްރުއަރީ 2017

01 ފެބުރުވަރީ 2017