މަސައްކަތް
ނަންބަރު: GS120/2017/IU/008
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 0738
ސުންގަޑި: 14 ފެބުރުވަރީ 2017 1000
ރަސްމާދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ސެކިޔުރިޓީ ބެލެހެއްޓުމާއި ބެހޭ

 

ސްކޫލް ސެކިޔުރިޓީ ބެލެހެއްޓުމާއި ބެހޭ

         މި ސްކޫލްގެ ނަންބަރު: GS120/2016/IU/35 (އިޢުލާނު) 20-12-2016 ގެ އިޢުލާނާ ގުޅިގެން ހުށައަޅުއްވާފައިވާ ބިޑްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން، އެ އިޢުލާން ބާތިލްކޮށް، ބިޑު ހުށަހެޅުމަށްއަލުން ފުރުޞަތު ހުޅުވާލަމެވެ.

    2017 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓަވައި ދެއްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރުމާއި، އަންދާސީހިސާބު ހުށައެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެކަން އެނގޭނެފަދަ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ނަމްބަރ ( 18/2014 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ނަމްބަރ ( 19/2014 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށައެޅުން

14 ފެބުރުއަރީ 2017 ( އަންގާރަ) ދުވަހު 10:00 ގައި

23 ފެބުރުއަރީ 2017 ( ބުރާސްފަތި ) 14:00 ގެ ކުރިން

ރަސްމާދޫ ސްކޫލު ލައިބްރަރީގައި

ރަސްމާދޫ ސްކޫލު ލައިބްރަރީގައި

08  ޖުމާދަލްއޫލާ  1438

 
2017-02-05