ވަޒީފާގެ ފުރުޞަތު
ނަންބަރު: MITDC/IUL/2017/0004
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 1428
ސުންގަޑި: 08 ފެބުރުވަރީ 2017 1400
މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

`

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

ނަންބަރު: MITDC/IUL/2017/0004

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ސީނިއަރ ފައިނޭންސް އޮފިސަރ

ސެކްޝަން:

ފައިނޭންސް ސެކްޝަން

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 5 ވަނަ ފަންގިފިލާ، ވެލާނާގެ، ކ. މާލެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ: 7,200 ރުފިޔާ

ސަރވިސް އެލަވަންސް: 4,800 ރުފިޔާ

މަޤާމުގެ ޝަރުޠު:

1.     އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއްހާސިލުކޮށްފައިވުން. ނުވަތަ

2.    އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއްހާސިލުކޮށްފައިވުމާއެކު، މަޤާމުގެމަސައްކަތުގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން.2މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1.      ކުންފުންޏައް ލިބޭ އާމްދަނީ ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ޖަމާކޮށް އެކަމާބެހޭ ރިކޯޑު ބެލެހެއްޓުމާއި، ރިޕޯޓުތައް ފޮނުވުން.

2.      ކުންފުންޏަށް އަންނަ ބިލްތަކަށް ފައިސާ ދެއްކުމަށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި، އޭގެ ރެކޯޑުތައް ބެލެހެއްޓުން.

3.      ފައިނޭންސް ސެކްޝަނުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެފޮނުވުމާއި، އެކިފަރާތްތަކުން އަންނަ ލިޔުންތަކަށް ޖަވާބުދީ އެލިޔުންތަކުގެރިކޯޑު ބެލެހެއްޓުން.

4.      ކުންފުނީގެ ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި އެކަމާބެހޭ ރިޕޯޓް ހަދައި ގަވާއިދުން ފޮނުވުން.

5.      ކުންފުންޏަށް ގަނެވޭ އެސެޓްތަކުގެ ރަޖިސްޓަރީ ހަދައި، ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

6.      ސެކްޝަންގެ ވެރިޔާއާއި ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމުން ހަވާލުކުރާ ކަންކަން އިރުޝާދާ އެއްގޮތަށް ކުރުން.

7.     ކުންފުނީގެ މުހިއްމު މާލީ ރިޕޯޓުތަކާއި ގައިޑްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

8.      ޖޫނިއަރ އެކައުންޓަންޓުންގެ ޓީމެއް ބެލެހެއްޓުމާއި ކުންފުނީގެ ފައިނޭންސް ޑިޕާޓުމަންޓުން ކުރާ މަސައްކަތްތަކަށް ސުޕަވައިޒްކުރުން.

9.    ކުންފުނީގެ ޕްރޮޖެކްޓްތަކަށް ފައިނޭންސް ތައްޔާރު ކުރުމާއި،ޙަރަދު ބެލެހެއްޓުމާއި، މާލީ ލަފާދިނުން.

10.އަހަރީ ރިޕޯޓުތަކާއި ބަޖެޓް ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.      ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2.      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).

3.      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).

4.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).

5.      އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

ސުންގަޑި:

8 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ އޮފީސް، ވެލާނާގެ  5 ވަނަ ފަންގިފިލާއަށް ހުށަހަޅުއްވާށެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް hr@mitdc.com.mv އަށް މެއިލް ކުރައްވާ.

 

05 ޖުމާދުލްއޫލާ 1438

02 ފެބުރުވަރީ 2017 

2017-02-02