ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/INDIV/2017/08
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 23 ޖަނަވަރީ 2017 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މި މިނިސްޓްރީގެ ތިރީގައިވާ މަޤާމުްތަކަށް އިޢުލާން ކުރަމެވެ.

01. މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ނަންބަރު

251080

މަޤާމުުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި ޢިނާޔަތްތައް

މުސާރަ

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމް އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ޓްރާންސްޕޯޓް ސެކްޝަން /ޑޮމެސްޓިކް މެރިޓައިމް ޓްރާންސްޕޯޓް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ދުވަހުން ދުވަހަށް އަންނަ ދަތުރު ރިޕޯޓުތައް ޗެކްކުރުން
  2. ދުވަހުން ދުވަހަށް ކޮންމެ އަތޮޅެއްގެ ދަތުރު ރިޕޯޓްތައް ހޯދުން
  3. ކޮންމެ ދުވަހަކު ފާއިތުވި ދުވަހުގެ ދަތުރު ރިޕޯޓުތައް ސްޓޭޓް މިނިސްޓަރަށް މެއިލް ކުރުން
  4. ދަތުރުފަތުރާ ގުޅޭގޮތުން އަންނަ ސިޓީތައް ބަލައިގަތުމާއި ކަމާބެހޭ ބޭފުޅެއްގެ މަޝްވަރާގެ މަތިން އެ ސިޓީތަކަށް ޖަވާބު ތައްޔާރު ކުރުމާއި ސިޓީ ފޮނުވުން ނުވަތަ މެއިލް ކުރުން
  5. ދަތުރުފަތުރާ ގުޅޭގޮތުން އަންނަ ޝަކުވާތައް ބަލައިގަތުމައި އެ ޝަކުވާތައް އިސްކޮށް ހުންނަ ފަރާތަކަށް ރިޕޯޓުކުރުން
  6. ދަތުރުފަތުރާ ގުޅޭގޮތުން އަންނަ ފޯނު ކޯލްތަކަށް ޖަވާބުދިނުން
  7. ދަތުރު ފަތުރާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުންތައް އެރޭންޖްކޮށް މީޓީންގތަކުގައި ބައިވެރިވުމާއި މީޓިންގގެ ޔައުމިއްޔާ ލިޔުން
  8. ދަތުރުފަތުރުގެ އެގްރިމެންޓްތައް/ އެމް.އޯ.ޔޫ ތައް ތައްޔާރުކުރުން
  9. އިޢުލާންކުރުމާއި ބިޑިންގގެ މަސައްކަތްކުރުން
  10. ސެކްޝަން/ ޑިވިޜަން/ ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމެންޓް/ ސްޓެޓިސްޓިކްސް/ ފައިނޭންސް/ ޓްރާންސްޕޯޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމެންޓް/ ސްޓެޓިސްޓިކްސް/ ފައިނޭންސް/ ޓްރާންސްޕޯޓްގެ  ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިބުން، ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

02. މަޤާމްު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމް ނަމްބަރު

227761

މަޤާމުުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި އިނާޔަތްތައް

 

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

-/25 ރުފިޔާ (މަސައްކަތްކުރާ ދުވަހަކަށް)

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމް އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަން / ބިޒްނަސް އިންފޮމޭޝަން ސަރވިސަސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

 

 

 

 

 

 

 

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ނަން ފާސްކުރުން
  2. ރަޖިސްޓަރީކުރުމަށް ނުވަތަ އާކުރުމަށް ހުށަހެޅޭ ވިޔަފާރިނަން ރަޖިސްޓަރީކޮށް ދިނުން
  3. ރަޖިސްޓަރީކުރެވޭ އަދި ކެންސަލް ކުރެވޭ ވިޔަފާރިނަންތައް ސިސްޓަމުން އަޕްޑޭޓްކުރުން
  4. އަލަށް ރަޖިސްޓަރީ ކުރަން ހުށަހަޅާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ އެޕްލިކޭޝަން ފޯމުގައިވާ މަޢުލޫމާތު ޗެކް ކުރުމާއި އެޕްލިކޭޝަން ޕްރޮސެސް ކުރުން
  5. ރަޖިސްޓަރީކުރެވޭ އަދި ކެންސަލްކުރެވޭ އަމިއްލަ އަމިއްލަފަރުފުންގެ ވިޔަފާރި ސިސްޓަމުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީތައް ދުވަހުން ދުވަހަށް ފައިލަކޮށް ބެލެހެއްޓުން.
  7. ރަޖިސްޓަރީކުރެވޭ އަދި ކެންސަލްކުރެވޭ އަމިއްލަ ފަރުފުންގެ ވިޔަފާރި ސިސްޓަމުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ކުންފުނީގެ ސިއްކަ ރަޖިސްޓަރީ ކުރުމާބެހޭ ހުރިހާ ކަމެއް ކުރުން.
  9. ހިއްސާ ބަދަލުކުރުމަށް ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިގަތުން.
  10. ކުންފުނީގެ ކެޕިޓަލް އިތުރުކުރުމާއި އުނިކުރުމުގެ މަސައްކަތް ކުރުން
  11. ކުންފުނީގެ އެނުއަލް އެކައުންޓްސް ބަލައި ގަތުން.
  12. ކުންފުނީގެ ނަން، އެޑްރެސް އަދި މިފަދަ ބަދަލުތައް ގެނައުމަށް ހުށަހެޅޭ ލިޔެކިޔުންތައް ބަލައިގަނެ ޕްރޮސެސްކުރުން.
  13. ކުންފުނި،ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ ލިކުއިޑޭޓް ކުރުމަށް ހުށަހެޅޭ ލިޔެކިޔުންތައް ޗެކްކޮށް ބަލައިގަތުން.
  14. އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ މަޢުލޫމާތު ހޯދުމަށް ހުށަހެޅޭ ސިޓީތައް ބަލައިގަނެ ޖަވާބު ދިނުން.
  15. ކައުންޓަރުން ކަސްޓަރމަރުންނަށް ދޭ ވިޔަފާރި ޚިދުމަތްތަކާއި ގުޅޭ ހުރިހާ ހުއްދައެއް ހެދުމާއި ކެންސަލް ކުރަންޖެހޭ ހުއްދަތައް ކެންސަލްކުރުމާ އިމްޕޯރޓް އަދި އެކްސްޕޯރޓް ލައިސަންސް ހެދުން.
  16. ރަޖިސްޓަރީކުރުމަށް ހުށަހެޅޭ ލޯގޯ / ޓްރޭޑް މާރކް / ޝިޕިންގ މާކެ ފަދަ ރަޖިސްޓަރީތައް އެކަމަށް ކަނޑައެޅިފައި އޮންނަ އުސޫލެއްގެ ދަށުން ރަޖިސްޓަރީކޮށް ލިޔެކިޔުންތައް ބެލެހެއްޓުން.
  17. ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ރިޕޯރޓުތައްހެދުމާއި ފައިލުކުރަންޖެހޭ ލިޔެކިޔުންތައް ފައިލްކުރުން.
  18. ހުއްދަ/ލައިސަންސް ގެ ފައިސާ ބަލައިގަތުމާއި، ފައިސާ ބެލެހެއްޓުން އަދި އެ ދުވަހެއްގެ ކައުންޓަރ މަސައްކަތް ނިމުން، އެދުވަހަކު ބަލައިގަތް ފައިސާ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓް ސެކްޝަނާ ޙަވާލުކުރުން
  19. ފައިސާ ނުދައްކާ ވިޔަފާރި ހުއްދަތައް ސިސްޓަމުން ކެންސަލްކުރުން.  އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ކޮންމެ މަހަކު ފޮނުވާ ރިޕޯޓް ލިބުމުން އެ ރިޕޯޓަށް ބަލައި ސިސްޓަމް އަޕްޑޭޓްކުރުން.
  20. އެދުވަހެއްގެ ކައުންޓަރު މަސައްކަތް ނިމުމުން، އެދުވަހަކު ދޫކުރެވުނު/ރަޖިސްޓަރީކުރެވުނު ވިޔަފާރިތަކާގުޅޭ ލިޔެކިޔުންތައް ސިސްޓަމަށް އަޕްލޯޑްކޮށް، ސިސްޓަމް އަޕްޑޭޓްކޮށް ފައިލްކުރުން.
  21. ރަޖިސްޓަރީތަކަށް ނެގޭ ފައިސާ ބަލައިގަތުން އަދި ކަނޑައެޅިފައިއޮންނަ އުސޫލެއްގެ މަތިން އެދުވަހަކު ބަލައިގަނެވޭ ފައިސާއެއްގެ ޑޭޓާ ބަލަހައްޓާ ބެޖެޓް ސެކްޝަނާ ހަވާލުކުރުން
  22. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ޙިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ;
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

03. މަޤާމުް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމް ނަމްބަރު

110737

މަޤާމުުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި އިނާޔަތްތައް

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

-/25 ރުފިޔާ (މަސައްކަތްކުރާ ދުވަހަކަށް)

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމް އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަން / ލީގަލް ވެހިކަލް ރެޖިސްޓްރީ ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ނަން ފާސްކުރުން
  2. ރަޖިސްޓަރީކުރުމަށް ނުވަތަ އާކުރުމަށް ހުށަހެޅޭ ވިޔަފާރިނަން ރަޖިސްޓަރީކޮށް ދިނުން
  3. ރަޖިސްޓަރީކުރެވޭ އަދި ކެންސަލް ކުރެވޭ ވިޔަފާރިނަންތައް ސިސްޓަމުން އަޕްޑޭޓްކުރުން
  4. އަލަށް ރަޖިސްޓަރީ ކުރަން ހުށަހަޅާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ އެޕްލިކޭޝަން ފޯމުގައިވާ މަޢުލޫމާތު ޗެކުކުރުމާއި އެޕްލިކޭޝަން ޕްރޮސެސް ކުރުން
  5. ރަޖިސްޓަރީކުރެވޭ އަދި ކެންސަލްކުރެވޭ އަމިއްލަ އަމިއްލަ ފަރުފުންގެ ވިޔަފާރި ސިސްޓަމުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީތައް ދުވަހުން ދުވަހަށް ފައިލުކޮށް ބެލެހެއްޓުން.
  7. ރަޖިސްޓަރީކުރެވޭ އަދި ކެންސަލްކުރެވޭ އަމިއްލަ ފަރުފުންގެ ވިޔަފާރި ސިސްޓަމުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ކުންފުނީގެ ސިއްކަ ރަޖިސްޓަރީ ކުރުމާބެހޭ ހުރިހާ ކަމެއް ކުރުން.
  9. ހިއްސާ ބަދަލުކުރުމަށް ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިގަތުން.
  10. ކުންފުނީގެ ކެޕިޓަލް އިތުރުކުރުމާއި އުނިކުރުމުގެ މަސައްކަތް ކުރުން
  11. ކުންފުނީގެ އެނުއަލް އެކައުންޓްސް ބަލައި ގަތުން.
  12. ކުންފުނީގެ ނަން، އެޑްރެސް އަދި މިފަދަ ބަދަލުތައް ގެނައުމަށް ހުށަހެޅޭ ލިޔެކިޔުންތައް ބަލައިގަނެ ޕްރޮސެސްކުރުން.
  13. ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ ލިކުއިޑޭޓް ކުރުމަށް ހުށަހެޅޭ ލިޔެކިޔުންތައް ޗެކްކޮށް ބަލައިގަތުން.
  14. އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ މަޢުލޫމާތު ހޯދުމަށް ހުށަހެޅޭ ސިޓީތައް ބަލައިގަނެ ޖަވާބު ދިނުން.
  15. ކައުންޓަރުން ކަސްޓަރމަރުންނަށް ދޭ ވިޔަފާރި ޚިދުމަތްތަކާއި ގުޅޭ ހުރިހާ ހުއްދައެއް ހެދުމާއި ކެންސަލް ކުރަންޖެހޭ ހުއްދަތައް ކެންސަލްކުރުމާ އިމްޕޯރޓް އަދި އެކްސްޕޯރޓް ލައިސަންސް ހެދުން.
  16. ރަޖިސްޓަރީކުރުމަށް ހުށަހެޅޭ ލޯގޯ / ޓްރޭޑް މާރކް / ޝިޕިންގ މާކު ފަދަ ރަޖިސްޓަރީތައް އެކަމަށް ކަނޑައެޅިފައި އޮންނަ އުސޫލެއްގެ ދަށުން ރަޖިސްޓަރީކޮށް ލިޔެކިޔުންތައް ބެލެހެއްޓުން.
  17. ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ހެދުމާއި ފައިލުކުރަންޖެހޭ ލިޔެކިޔުންތައް ފައިލުކުރުން.
  18. ހުއްދަ/ ލައިސަންސްގެ ފައިސާ ބަލައިގަތުމާއި، ފައިސާ ބެލެހެއްޓުން. އަދި އެ ދުވަހެއްގެ ކައުންޓަރުގެ މަސައްކަތް ނިމުން، އެ ދުވަހަކު ބަލައިގަތް ފައިސާ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓް ސެކްޝަނާ ޙަވާލުކުރުން
  19. ފައިސާ ނުދައްކާ ވިޔަފާރި ހުއްދަތައް ސިސްޓަމުން ކެންސަލްކުރުން.  އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ކޮންމެ މަހަކު ފޮނުވާ ރިޕޯޓު ލިބުމުން އެ ރިޕޯޓަށް ބަލައި ސިސްޓަމް އަޕްޑޭޓްކުރުން.
  20. އެ ދުވަހެއްގެ ކައުންޓަރު މަސައްކަތް ނިމުމުން، އެ ދުވަހަކު ދޫކުރެވުނު/ ރަޖިސްޓަރީކުރެވުނު ވިޔަފާރިތަކާގުޅޭ ލިޔެކިޔުންތައް ސިސްޓަމަށް އަޕްލޯޑްކޮށް، ސިސްޓަމް އަޕްޑޭޓްކޮށް ފައިލުކުރުން.
  21. ރަޖިސްޓަރީތަކަށް ނެގޭ ފައިސާ ބަލައިގަތުން. އަދި ކަނޑައެޅިފައި އޮންނަ އުސޫލެއްގެ މަތިން އެ ދުވަހަކު ބަލައިގަނެވޭ ފައިސާއެއްގެ ޑޭޓާ ބަލަހައްޓާ ބެޖެޓް ސެކްޝަނާ ހަވާލުކުރުން
  22. މިނޫންވެސް މަޤާމާ އެކަށީގެންވާ މަސައްކަތެއް ކުރަން ހަވާލުކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުން
  1. ސެކްޝަން/ ޑިވިޜަން/ ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ޙިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް

 

އަސާސީ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން: ނުވަތަ;
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

04. މަޤާމުް

އެސިސްޓެންޓް މީޑިއާ އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމް ނަމްބަރު

251077

މަޤާމުުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި އިނާޔަތްތައް

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމް އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

 އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / އިންފޮމޭޝަން ޓެކްނޮލޮގީ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

1. މިނިސްޓްރީން ހިންގައި ރާވާ އެކިއެކި މަޝްރޫޢުތަކުގެ މަޢުލޫމާތުތަކުގެ ތެރެއިން އާންމުންނަށް ހާމަކުރަންޖެހޭ މަޢުލޫމާތުތައް، ހާމަކޮށްދިނުމުގައި ކަމާބެހޭ އެންމެހައި ފަރާތްތަކާއެކު މަސައްކަތްކުރުން

2. މިނިސްޓްރީގެ ފަރާތުން ބާއްވާ އެކިއެކި އިވެންޓުތައް ރާވާ ސެކްޝަނަކުން ނުވަތަ ޔުނިޓަކުން އަންގާ އުސޫލެއްގެ މަތިން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު އެންމެ ފުރިހަމަގޮތުގައި ފޯރުކޮށް ދިނުމަށް އެހީތެރިވެދިނުން

3. ޚަބަރާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެކި ފަރާތްތަކުން އަންނަ ލިޔެކިއުންތައް ބަލައި، އެ ވަގުތަކު މިނިސްޓްރީން ކަނޑައަޅުއްވައިފައިވާ، އިންފޮމޭޝަން އޮފިސަރެއްގެ ލަފަޔާއި އިރުޝާދުގެ މަތިން މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން

4. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އަންނަ އެކިއެކި ލިޔެކިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި އިންފޮމޭޝަން އޮފިސަރަށް އެހީތެރިވެދިނުން

5. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ތައްޔާރުކުރެވޭ އެކިއެކި މަޢުލޫމާތުތަކުގެ ރިކޯޑުތައް، އިންފޮމޭޝަން އޮފިސަރ އަންގަވާ އުސޫލެއްގެ މަތިން ރައްކާތެރިކޮށް ބެލެހެއްޓުން

6. މިނިސްޓްރީގެ އެކިއެކި ސެކްޝަންތަކާއި، ޔުނިޓްތަކުން ރާވައި ހިންގާ އެކިއެކި ޙަރަކާތަކާއި، ބައްދަލުވުންތައް ކަވަރކުރުމާއެކު އެ މަޢުލޫމާތުތައް ޚަބަރުފަތުރާ ވަސީލަތްތަކަށް ފޯރުކޮށްދިނުމާއި، ސޯޝަލްމީޑިޔާގެ އެކި އެކި ވަސީލަތްތައް މެދުވެރިކޮށް މަޢުލޫމާތު ހާމަކުރުމާއި، އައިޓީ ސެކްޝަންގެ ޓެކްނީޝަނެއްގެ އެހީތެރިކާމާއެކު މިނިސްޓްރީގެ ވެބްސައިޓުގައި އެ މަޢުލޫމާތެއް ޝާއިޢު (ހާމަ) ކުރުން

7. މިނިސްޓްރީގެ ފަރާތުން ބާއްވާ ބޮޑެތި ޙާފްލާތައް ކަވަކުރުމަށާއި، ލައިވް ކުރަންޖެހިއްޖެ ޙާލަތެއްގައި ލައިވްކުރުމުގެ ކަންތައްތައް ކުރުމަށް ބޭނުންވާ މަސައްކަތްތަށް ކުރުމާއި، ހުރިހާ މީޑިއާތަކަށް އެ ޙަފްލާކަވަކުރުމަށް ދަޢުވަތު ފޮނުވުން

8. މިނިސްޓްރީގެ އެކިއެކި ސެކްޝަންތަކުގައި ހުރި ޕަބްލިކް ރިލޭޝަންގެ މައްސަލަތައް ބަލައި އެ މައްސަލަތައް ޙައްލުކޮށްދިނުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

9. މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން ޔުނިޓުގެ ދަށުން ކުރިއަށް ގެންދެވޭ އެންމެހައި ކަންކަން ދުވަހުންދުވަހަށް ނިންމައި، ކަމާއިގުޅޭ އެންމެހައި ލިޔެކިއުންތަކާއި، އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން

10. ސެކްޝަން/ ޑިވިޜަން/ ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް

 

އަސާސީ ޝަރުޠު

1. މާސް ކޮމިޔުނިކޭޝަން/ ޕަބްލިކް ރިލޭޝަންސް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ ރިލޭޓެޑް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފަވުމާއެކު، މާސް ކޮމިޔުނިކޭޝަން/ ޕަބްލިކް ރިލޭޝަންސް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ ރިލޭޓެޑް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން:  ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަނާއި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

އިންޓަރވިއު ކުރުން:

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް ކުރިމަތިލުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 2017 ޖަނަވަރީ 23  ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ރާއްޖެއިން ބޭރުގެ ސެޓުފިކެޓެއްނަމަ އެކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ލިބެން ހުންނާނެއެވެ.

- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަންބަރު:  3333116 , 3333174 އަށް ގުޅުއްވުމުން ނުވަތަ  [email protected]   އަށް  އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

11 ރަބީޢުލްއާޚިރު 1438

 

09 ޖަނަވަރީ 2017