ދިވެހިރާއްޖެ
ތަރުޖަމާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި މިނިސްޓްރީން އެކުލަވައިލާފައިވާ އިލެކްޓްރޯނިކް ޓްރާންސްއެކްޝަން ބިލް، އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމަށް ކުރި، މި މިނިސްޓްރީގެ ނަންބަރު (IUL)101-EP/1/2016/226 (25 ޑިސެންބަރު 2016) އިޢުލާނަށް އެކަށީގެންވާ އަދަދެއްގެ ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
އަންދާސީހިސާބު ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2017 ޖަނަވަރީ 17 ވާ އަންގާރަދުވަހުގެ 14:00 ގައި މިނިސްޓްރީގެ 11 ވަނަ ފަންގިފިލާ (ވެލާނާގޭ) ގައި ހުންނަ ކޮންފަރަންސް ހޯލްގައެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ދީފައިވާ ސުންގަޑީގެ ފަހުން ހުށަހަޅުއްވާ އެއްވެސް އަންދާސީހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333135 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނެ ގޮތުގެ މަޢުލޫމާތާއި "އެޕްލިކޭޝަން ފޯ ބިޑް ސަބްމިޝަން" ފޯމު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.
07 ރަބީޢުލްއާޚިރު 1438