މަސައްކަތް
ނަންބަރު: (IUL)GS-90-B/INDIV/2016/1005
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 06 ޑިސެންބަރު 2016 11:00
ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
8 ފާޚާނާގެ ފާޚާނާ ބްލޮކެއް ޢިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބިޑު ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގައި 8 ފާޚާނާގެ ފާޚާނާ ބްލޮކެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2016 ޖުލައި 24 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރި (IUL)22-G/22/2016/23 އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުން ހުށަހަޅަންޖެހޭ ބައެއް ލިޔެކިޔުންތައް މަދުކަމަށް ބިޑު އިވެލުއޭޝަން ކޮމެޓީން ނިންމާފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑިތަކުގައި މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، މި ސްކޫލުން ދޭ ކުރެހުންތަކާއި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގެ ކޮންޕިއުޓަރލެބްގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ 11:00

2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 10:30

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑު ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި މީހަކު ފޮނުވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ހާޒިރުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ، ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކެވެ. 

މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރިނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

29 ނޮވެންބަރު 2016