ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 457-HR/1/2016/26
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 08 ޑިސެންބަރު 2016 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

MS2

މަޤާމުގެ ރޭންކް:

-/6295 ރުފިޔާ (މަހަކު)

މަޤާމުގެ މުސާރަ:

- ސަރވިސް އެލަވަންސް: -/2000 ރުފިޔާ (މަހަކު)

- ފިނޭންސް އެލަވަންސް: މުސާރައިގެ %35 (މަހަކު)

- އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

 

ޢިނާޔަތްތައް:

1 (އެކެއް)

ބޭނުންވާ އަދަދު:

ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް

ބޭނުންވާ ސެކްޝަން:

1. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސްގެ ދާއިރާ ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގެ ދާއިރާ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސްގެ ދާއިރާ ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގެ ދާއިރާ ނުވަތަ އެކައުންޓިންގެ ދާއިރާ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސްގެ ދާއިރާ ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގެ ދާއިރާ ނުވަތަ އެކައުންޓިންގެ ދާއިރާ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ ޝަރުޠު:

 

1. ކޮންޒިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ މަހަކު ކުރުމަށް ހަމަޖެހިފައިވާ، ބާޒާރުގެ ތަކެއްޗާއި ޚިދުމަތުގެ އަގުނެގުމުގެ ސަރވޭކޮށް އަގުތައް ހޯދުން.

2. ކޮންޒިއުމަރ  ޕްރައިޒް  އިންޑެކްސް  (ސީ.ޕީ.އައި)  ތައްޔާރުކުރުމާއި،  އެ  ސަރވޭއިން  އެކުލަވައިލެވޭ  މަޢުލޫމާތު  ގަވާއިދުން ހޯދައި އެއްކޮށް، މި ހިސާބުތައް ޗެކްކޮށް، އިޞްލާޙުކޮށް، މި ހިސާބުތައް އާންމުކުރުން.

3. ސީ.ޕީ.އައި ތައްޔާރުކުރުމަށްޓަކައި ކޮންމެ މަހަކު ކުރުމަށް ހަމަޖެހިފައިވާ، ބާޒާރުގެ ތަކެއްޗާއި ޚިދުމަތުގެ އަގުނެގުމުގެ ސަރވޭގެ ތެރެއިން ހދ. ކުޅުދުއްފުށި، ސ. ހިތަދޫ، ޏ. ފުވައްމުލައް، ގދ. ތިނަދޫގެ އަގުތައް  ކަނޑައެޅިފައިވާ ވަގުތަށް ހޯދުން.

4. މުޅިރާއްޖޭގެ ސީ.ޕީ.އައި އާއި އިންފްލޭޝަން ރޭޓާބެހޭ ދިވެހި ލިޔުމާއި އިނގިރޭސި ލިޔުން ތައްޔާރުކުރުކޮށް އާންމުކުރުން.

5. ސީ. ޕީ. އައި. ގެ އަގުތައް، ޓެބްލެޓް  ބޭނުންކޮށްގެން ނެގުމަށްޓަކައި ސެޓަޕް ތައްޔާރުކޮށް،  މާލެ،  ހދ.  ކުޅުދުއްފުށި، ސ. ހިތަދޫ، ޏ. ފުވައްމުލައް، ގދ. ތިނަދޫގެ މުވައްޒަފުންނަށް ޓްރޭނިންގ ދިނުމާއެކު މިކަން ހިންގައި ރޭވުން.

6. ސީ.ޕީ.އައި ގައި ހިމެނުމަށް އިތުރު ރަށެއް ނަގަންޖެހޭތޯ ބަލައި، ނަގާނެ ރަށްރަށް ފާހަގަކުރުން.

7. ޕްރޮޑިއުސަރ ޕްރައިޒް އިންޑެކްސް ރިބޭސްކުރުމަށްޓަކައި އާތަންތަން ހޮވާލައި ވެއިޓްސް ތައްޔާރުކުރުމާއި، ރިބޭސްޑް ޕީ.ޕީ.އައި އަށް ބޭނުންވާ އެކްސެލް ސެޓަޕް ތައްޔާރުކުރުން.

8. އިންޓަނޭޝަނަލް ކޮންޕެރިޒަން ޕްރޮގްރާމް (އައި.ސީ.ޕީ) ގެ ދަށުން އަގުތައް ނެގުމަށްޓަކައި ފިހާރަތަކާއި އައިޓަމްތަކުގެ ސްޕެސިފިކޭޝަން ތައްޔާރުކޮށް، މާލެ، ހދ. ކުޅުދުއްފުށި، ސ. ހިތަދޫ، ޏ. ފުވައްމުލައް، ގދ. ތިނަދޫގެ ކެޓަލޮގް ތައްޔާރުކުރުން.

9. އިންޓަނޭޝަނަލް  ކޮންޕެރިޒަން  ޕްރޮގްރާމް  (އައި.ސީ.ޕީ)  ގެ   ސަރވޭއިން  އެކުލަވައިލެވޭ  މަޢުލޫމާތު  ގަވާއިދުން  ހޯދައި އެއްކޮށް، މި ހިސާބުތައް ޗެކްކޮށް، އިޞްލާޙުކޮށް، ކަނޑައެޅިފައިވާ މި ހިސާބުތައް ދުވަހަށް އޭ.ޑީ.ބީ އަށް ފޮނުވުން.

10. އައި.ސީ.ޕީ އާއި ސީ.ޕީ.އައި ނަގާ ހުރިހާ ރަށަކަށް އަގުތައް ޗެކްކުރުމަށާއި ޓްރޭނިންގ ދިނުމަށް ދިއުން.  

11. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކުގައި އޮފީހުގެ ފަރާތުން ބައިވެރިވުން.

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް / މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އާއި އިމްތިޙާންކުރުން، މިއިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި އިމްތިޙާން ކުރުން:

- ކޮމްޕިއުޓަރަށް އަހުލުވެރި މިންވަރު (ދިވެހި / އިނގިރޭސި ޓައިޕިންގ)

- ދިވެހިބަހުންނާއި، އިނގިރޭސިބަހުން ލިޔުން އިބާރާތްކުރުމުގެ ފެންވަރު.

- އޮފީހުން ބޭރުގައި ކުރަންޖެހޭ މަސައްކަތް ކެރިގެން ކުރުން.

- މާލެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަމަށް ފަސްނުޖެހުން.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިސް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

8. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

ހުށަހަޅަންޖެހޭ ލިޔުންތައް: 

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

2016 ޑިސެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް.

ސުންގަޑި:

- ވަޒީފާއަށް އެދޭ ފޯމު، ވަޤުފު ބިލްޑިންގު (ސޯޝަލް ސެންޓަރުގެ ކުރިމަތި) ގެ 9 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމާއި، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު، މި ބިއުރޯއިން ލިބެން ހުންނާނެއެވެ. އަދި މި ބިއުރޯގެ http://statisticsmaldives.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. 

- މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3008407 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލޫމާތު:

 24 ޞަފަރު 1438
24 ނޮވެންބަރު 2016