ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)258/2016/114
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި: 05 ޑިސެންބަރު 2016 10:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސައުންޑް ސިސްޓަމް ގަތުމާބެހޭ

އިޢުލާން

ސައުންޑް ސިސްޓަމް ގަތުމާބެހޭ

ހަނިމާދޫ ކައުންސިލުގެ ފަރާތުން ހިންގާ އެކިއެކި ޙަރަކާތްތަކުގައި ބޭނުންކުރުމަށާއި، ރަށު ފެންވަރުގައި ބާއްވާ އެކިއެކި ޙަރަކާތްތަކުގައި ބޭނުންކުރުމަށްޓަކައި ސައުންޑް ސިސްޓަމެއް ގަތުމަށް ކުރި މި ކައުންސިލުގެ ނަންބަރު: (IUL)258/2016/97 (5 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން ސައުންޑް ސިސްޓަމް ގަނެގެން މި ކައުންސިލާ ހަމައަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސައުންޑް ސިސްޓަމް ގަނެދެވޭނެ ފަރާތްތަކުން 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ ހެނދުނު 10:30 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ ހެނދުނު 11:30 އަށް މި ކައުންސިލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މިތަކެތި ގެނައުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މި ފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

22 ޞަފަރު 1438

22 ނޮވެންބަރު 2016