ވަޒީފާގެ ފުރުޞަތު
ނަންބަރު: B15C/2016/10
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 23 ނޮވެންބަރު 2016 13:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަގުތީ ހައުސްކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ވަގުތީ ހައުސްކީޕަރ

މަޤާމުގެ ރޭންކް:

އެސް. އެސް. 1  

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

މަހަކު /3100 (ތިންހާސް އެއްސަތޭކަ) ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް: -/1000 ރުފިޔާ (އެއްހާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20

- ލިވިންގް އެލަވަންސް: -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން ދަންނަ މީހަކުކަމުގައިވުން.

2- އުމުރުން 18 އަހަރުފުރި 55 އަހަރު ނުފުރޭ މީހަކުކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ކޯޓުތެރެ ފޮޅައި، ކުނިކަހައި، މޮޕްކުރުމާއި، ފަރުނީޗަރުތައް ފުހެ ސާފުކުރުން. 

2- ކޯޓުގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތަކުން ވިނަނޮޅައި، ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

3- ކޯޓަށް ހާޒިރުކުރަންޖެހޭ ފަރާތްތަކާއި، ކޯޓް އަމުރު ހަވާލުކުރުން.

4- ކޯޓުން އެކިފަރާތްތަކާއި ހަވާލުކުރެވޭ ލިޔުންތައް ހަވާލުކުރުން.

5- ކޯޓުން ވަޒީފާއާ ގުޅިގެން ޒިންމާކުރެވޭ މަސައްކަތްތައްކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓުރޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ރަސްމީ ގަޑީގައި، މި ކޯޓުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)

5. ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކާއި، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަން އެނގޭފަދަ ރަސްމީ ލިޔުމެއް.

ސުންގަޑި:

2016 ނޮވެންބަރު 23 ވާ ބުދަ ދުވަހުގެ 13:00 ކުރިން

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދި ފެކުހުން ނުވަތަ އީމެއިލުން ހުށަހަޅާ ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.

13 ޞަފަރު 1438

 

13 ނޮވެންބަރު 2016