ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)GS-90-B/PRIV/2016/1024
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:44
ސުންގަޑި: 20 ނޮވެންބަރު 2016 11:30
ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

2017 ވަނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ) ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި މި ސްކޫލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގެ ކޮމްޕިއުޓަރލެބްގައެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 11:30

2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 11:30

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

09 ނޮވެންބަރު 2016