ދިވެހިރާއްޖެ
އިޢުލާނު
ވަޒީފާގެ ފުރުޞަތު މި ކޮމިޝަނުގެ ނަންބަރު (A)AC-2016/135 (12 އޮކްޓޫބަރު 2016) އިޢުލާން ބާޠިލުކޮށް، މި މަޤާމުތަކަށް އަލުން އިޢުލާނުކުރަމެވެ. |
|
މަޤާމް: |
އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3) |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ސެކްޝަން |
އިލްކެޝަންސް ކޯޑިނޭޝަން ސެކްޝަން |
ބޭސިކް މުސާރަ: |
މަހަކު -/7035 (ހަތް ހާސް ތިރީސްފަހެއް) ރުފިޔާ |
ސާރވިސް އެލަވަންސް: |
މަހަކު -/2000 (ދެ ހާސް) ރުފިޔާ |
ލިވިންގ އެލަވަންސް: |
މަހަކު -/4000 (ހަތަރު ހާސް) ރުފިޔާ |
ޚާއްޞަ އެލަވަންސް: |
މުސާރައިގެ %45 |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތުގެ ވަގުތު: |
ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާ ގޮތަށް |
ފެންވަރު ނުވަތަ ޝަރުޠު: |
|
މަސްއޫލިއްޔަތު: |
- ސެކްރެޓަރީ ޖެނެރަލާއި، ޑިވިޝަން ހެޑުގެ ލަފާގެ މަތިން އިންތިޚާބާގުޅޭ މަސައްކަތްތައް ކުރުން. - އިންތިޚާބުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ފަރުމާކޮށް، ޕްރިންޓްކޮށް، އިންތިޚާބުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ލިބޭނެގޮތާއި، ފޯމު ބަލައިގަނެ ޖަވާބު ދެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ހިނގާކަން ކަށަވަރުކުރުން. - އިންތިޚާބާ ގުޅިގެން ކުރަންޖެހޭ އެއްގަމާއި، ކަނޑާއި ވައިގެ ދަތުރުފަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ހިނގާކަން ކަށަވަރުކުރުން. - ކޮންމެ އިންތިޚާބެއްގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދު އެކި އިންތިޚާބީ ދާއިރާތައް ވަކިން ކަމާބެހޭ ސެކްޝަނުން ހޯދައި، އެ މަޢުލޫމާތުގެ އަލީގައި ވޯޓުކަރުދާސް ޗާޕުކުރުމަށްޓަކައި ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ހިނގާކަން ކަށަވަރުކުރުން. - ވޯޓު ލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓުކަރުދާހުގެ ތަފސީލު ތައްޔާރުކޮށް، ތަފުސީލާ އެއްގޮތަށް ސެކިއުރިޓީ އުރައިގައި ވޯޓުކަރުދާސް ބަންދުކޮށް، ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ކުރެވޭކަން ކަށަވަރުކުރުން. - ވޯޓުލާ ސަރަހައްދު ބައިކުރުމާއި، ސަރަހައްދުތަކުގެ ޗާޓު ތައްޔާރުކުރުމާއި، ވޯޓުފޮށި ބަހައްޓާނެ އަދަދާއި ވޯޓުފޮށި ބަހައްޓާނެ ތަންތަން ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ކުރެވޭކަން ކަށަވަރުކުރުން. - ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ގުރުއަތު ނެގުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ނަންތައް އިޢުލާނުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް ކަން ކުރެވޭކަން ކަށަވަރުކުރުން. - ވޯޓުލައި ނިމުމުން، ވޯޓުލުމަށް ބޭނުންކުރި ތަކެތި އަނބުރައި ގެނެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ތަކެތި ބަލައިގަނެ ނަތީޖާ ހަދާ ޓީމަށް ބޭނުންވާ ލިޔެކިޔުންތައް ރައްދުކުރުމާއި، ވޯޓުނެގުމަށް ބޭނުންކުރި ސެކިއުރިޓީ އުރަތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަންކަން ކުރެވޭކަން ކަށަވަރުކުރުން. - އިންތިޚާބުތަކުގައި ބައިވެރިވާ ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާންތައް ބަލައިގަނެ، ރިޕޯޓުތައް ދިރާސާކޮށް، ރައްކާތެރިކަމާއެކު ރިޕޯޓުތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ކުރެވޭކަން ކަށަވަރުކުރުން. - އިންތިޚާބުތަކާއި، ބައި-އިލެކްޝަންތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގޭ އާންމު ވޯޓުތަކުގެ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ވޯޓަރ އެޑިޔުކޭޝަން ސެކްޝަނާ ގުޅިގެން، ރިޕޯޓުތައް އެކުލަވައި، ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ކުރެވޭކަން ކަށަވަރުކުރުން. - ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ކުރެވޭކަން ކަށަވަރުކުރުން. - ވޯޓުކަރުދާސް ޗެކްކޮށް، ބަންދުކޮށް، މަރުކަޒުތަކަށް ފޮނުވުމާއި، އިންތިޚާބާ ގުޅިގެން ސެކްޝަނުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްކުރުން. - މިނޫނަސް ޑިވިޜަނުންނާއި، އޮފީހުން ކުރާ ބޮޑެތި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ. - ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. - އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
ނޯޓު: |
މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. |
ސުންގަޑި: |
މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 25 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު |
- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފޯމެއް ބާޠިލުކުރެވޭނެ އެވެ. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ. - މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަކަށް ފުރުޞަތު ދެވޭނެއެވެ. - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. |
17 މުޙައްރަމް 1438
މީހުން ހޮވުމުގައި ބަލާ މިންގަނޑު
ތަފުސީލު |
މާކްސް |
ތަޢުލީމު |
40 މާކްސް |
މަސައްކަތު ތަޖުރިބާ |
15 މާކްސް |
އިންޓަރވިޔު |
35 މާކްސް |
ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު) |
10 މާކްސް |
ޖުމުލަ |
100 މާކްސް |
ޝޯޓްލިސްޓު ކުރެވޭގޮތް
- ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާއަށާއި، ތަމްރީނާއި ހުނަރުގެ މާރކްސްއަށް ބެލުމަށްފަހު ލިބޭ މާރކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
- ތަޢުލީމީ ސެޓްފިކެޓަށް މާކްސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.