މަސައްކަތް
ނަންބަރު: (IUL)434-A/1/2016/66
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 19 ސެޕްޓެންބަރު 2016 12:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މަސްތުވާތަކެތި އުފެއްދުމަށް ބޭނުން ކުރެވިދާނެ އެއްޗެއްސާބެހޭގޮތުން ގަވާއިދެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 182 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތި އުފެއްދުމަށް ބޭނުން ކުރެވިދާނެ އެއްޗެއްސާބެހޭގޮތުން ގަވާއިދެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ / އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

07 ސެޕްޓެންބަރު 2016

ބުދަ

11:00 (މެންދުރުކުރި)

އަންދާސީހިސާބު ހުށަހެޅުއްވުން

19 ސެޕްޓެންބަރު 2016

ހޯމަ

11:00 (މެންދުރުކުރި)

25 ޛުލްޤަޢިދާ 1437

28 އޮގަސްޓް 2016