މަސައްކަތް
ނަންބަރު: (IUL)88-PS/1/2016/16
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 17:37
ސުންގަޑި: 24 އޮގަސްޓް 2016 11:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޙަފްލާއެއްގެ ކަންތައްތައް އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

2016 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުން

2016 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގޭ އެކި ޙަރަކާތްތަކުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވާ މަހާސިންތާއެއް އަންނަ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ހަފްލާގެ ސެޓްއަޕް ހަދައި، ކޭޓާކުރުމާއި ޙަފްލާގެ ކަންތައްތައް އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 28 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

14 ޛުލްޤަޢިދާ 1437

17 އޮގަސްޓް 2016