ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)407/407/2016/25
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 30 ޖޫން 2016 12:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ ވިލިނގިލީގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތައް ދޫކުރުމާބެހޭ

އިޢުލާން

ގއ. ވިލިނގިލީގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތައް ދޫކުރުމާބެހޭ:

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމްގެ ދަށުން މިރަށުގައި ޢިމާރާތްކުރެވިފައިވާ 52 ހައުސިންގ ޔުނިޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. ވީމާ، ހައުސިންގ ޔުނިޓްތައް ބޭނުންވާ ފަރާތްތަކަށް 2016 ޖޫން 5 ވާ އާދީއްތަ ދުވަހުން ފެށިގެން 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅަންޖެހޭ ފޯމާއި، ހައުސިންގ ޔުނިޓްތައް ދޫކުރާ އުސޫލު މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާނަމަ، މި އިދާރާގެ ޕްރޮޖެކްޓް އޮފިސަރ ވިޝާލް މުޙައްމަދު (7707067) އަށް ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

01 ޖޫން 2016