ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/1/2016/114
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 22 މޭ 2016 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މެޝިނަރީ ގަތުމަށް ބޭނުންވެއްޖެ

އިޢުލާން

މެޝިނަރީ ގަތުމަށް ބޭނުންވެއްޖެ

ސްކޫލްތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ މެޝިނަރީ ގަތުމަށް ބޭނުންވެއްޖެއެވެ.

20 ލެޕްޓޮޕް

20 ފޮޓޯކޮޕީމެޝިން

10 މަލްޓިމީޑިއާ ޕްރޮޖެކްޓަރ

10 ސައުންޑް ސިސްޓަމް

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.                       

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 މޭ 22 ވަނަ ދުވަހުގެ 14:00 އަށް

2016 މޭ 29 ވަނަ ދުވަހުގެ14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

16 މޭ 2016