މަސައްކަތް
ނަންބަރު: (IUL)296-A/296/2016/33
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 17:15
ސުންގަޑި: 26 އޭޕްރިލް 2016 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލައާއި ދަވާދުލުމާއި ފެންޑާ ސީލިންގ މަރާމާތުކުރުން

އިޢުލާން

ފޮއްދޫ ކައުންސިލު އިދާރާގައި ކުލައާއި ދަވާދުލުމާއި ފެންޑާގެ ސީލިންގ މަރާމާތުކުރުން:

މި އިދާރާގައި ކުލައާއި ދަވާދުލުމުގެ މަސައްކަތާއި ފެންޑާގެ ސީލިންގ ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2016 އެޕްރީލް 26 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފޮއްދޫ ކައުންސިލު އިދާރާގައެވެ. އަގު ހުށަހަޅުއްވާނީ 2016 މޭ 02 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. ފެކްސް ނުވަތަ މެއިލުން ފޮނުއްވާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ. ފެކްސް ކުރައްވާނަމަ ކުރައްވާނީ ނަންބަރު 6560017 ފެކްސްއަށެވެ. މެއިލްކުރައްވާނަމަ މެއިލްކުރައްވާނީ [email protected] މެއިލަށެވެ. މެއިލް ނުވަތަ ފެކްސްއިން ފޮނުއްވާ އަންދާސީހިސާބުވެސް ފޮނުއްވަންވާނީ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

12 ރަޖަބު 1437    

19 އޭޕްރިލް 2016