ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ކޮމިޝަންގެ އިދާރާއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.
# |
ޚިދުމަތް |
މަޢުލޫމާތު ދިނުން |
އަންދާސީހިސާބު ހުށަހެޅުން |
||
ތާރީޚު |
ގަޑި |
ތާރީޚު |
ގަޑި |
||
1 |
10 (ދިހައެއް) ޔޫ.ޕީ.އެސް 1500VA |
27 އެޕްރީލް 2016 (ބުދަ) |
10:00 |
5 މޭ 2016 (ބުރާސްފަތި) |
10:00 |
2 |
2 (ދޭއް) ކާޑް ޕްރިންޓަރ |
27 އެޕްރީލް 2016 (ބުދަ) |
5 މޭ 2016 (ބުރާސްފަތި) |
10:30 |
|
3 |
ފަޔަރވޯލް |
27 އެޕްރީލް 2016 (ބުދަ) |
5 މޭ 2016 (ބުރާސްފަތި) |
11:00 |
ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭނެ ތަކެތި:
- ކޮމިޝަނުގެ އިދާރާއަށް މި ޚިދުމަތްތައް ދިނުމަށް ހުށަހަޅާ އަގު:
- މުއްދަތު:
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
- މަސައްކަތަށް ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު (ޕްރޮފައިލް، ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި ކަންކަމުގައި މަސައްކަތަށް ކުރިމަތިލާ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
- އެ މަސައްކަތަކާ ގުޅިގެން ކޮމިޝަނުން ދޭ މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ އެހެނިހެން މަޢުލޫމާތުތައް.
ނޯޓު:
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބުތައް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރުވެސް އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ.
- މި ޚިދުމަތް ދިނުމުގެ މުއްދަތުގެ ތެރޭގައި ޚިދުމަތުގެ ފެންވަރަށް ބަލައި، މުއްދަތު އިތުރުކުރުމުގެ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، ގުޅުއްވާނީ 3004434 / 3004444 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
- އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
- ހިލާލީމަގު، މާފަންނު
- މާލެ، ދިވެހިރާއްޖެ
11 ރަޖަބު 1437