ޢާންމު މަޢުލޫމާތު
ނަންބަރު: MTDC/AGM/2016/001
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 12 އޭޕްރިލް 2016 14:00
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
2014ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ

އިޢުލާން

2014ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ

10 ނޮވެންބަރު 2015 ވަނަ ދުވަހުގެ ރޭ 9:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި (މާލެ، ދިވެހިރާއްޖެ) ބޭއްވުނު މިކުންފުނީގެ 2014 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ މިކުންފުނީގެ ހެޑްއޮފީހުންނާއި އަދި މިކުންފުނީގެ ވެބްސައިޓު (www.mtdc.com.mv) މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ އެންމެހާ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

ވީމާ، ޔައުމިއްޔާއަށް އިޞްލާޙު ހުށަހެޅުއްވުމުގެ ފުރުޞަތު މިއަދުން ފެށިގެން 12 އެޕްރީލް 2016 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އިޞްލާޙު ހުށަހަޅުއްވަން ބޭނުންފުޅުވާ ހިއްސާދާރުން، ހިއްސާދާރުގެ ނަމާއި އައިޑީ ކާޑުގެ ނަންބަރާއި އަދި ހުށަހަޅުއްވާ އިޞްލާޙު އެނގޭނެގޮތަށް މިކުންފުނީގެ މައިއޮފީހަށް ނުވަތަ އީމެއިލުންނަމަ ([email protected]) މެދުވެރިކޮށް މިކުންފުންޏަށް ސިޓީ ފޮނުއްވުން އެދެމެވެ.

27 މާރިޗު 2016