މަސައްކަތް
ނަންބަރު: 57-T/IU/2016/10
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 06 އޭޕްރިލް 2016 10:30
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ފޮޓޯކޮޕީމެޝިންތައް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިދާރާގައި ބޭނުންކުރާ ފޮޓޯކޮޕީމެޝިންތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ފޮޓޯކޮޕީމެޝިންތައް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. 

  • ރިޒޯ ބްރޭންޑްގެ 2 ޗާޕިން މެޝިން
  • 1 ކެނޮން މެޝިން 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ އިސްވެ ދެންނެވިފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

18 ޖުމާދަލްއާޚިރާ 1437

27 މާރިޗު 2016