ކުއްޔަށް ހިފުން
ނަންބަރު: GS-156/2015/67
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 28 ޑިސެންބަރު 2015 11:00
މަންދޫ ސްކޫލް، އދ. މަންދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާބެހޭ

ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ:

01 ޖަނަވަރީ 2016 ން 31 ޑިސެންބަރު 2016 އަށް މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 28 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުންވާނަމަ ސިޓީއަކާއެކު އައިޑީ.ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ.

17 ޑިސެންބަރު 2015