ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2015/122
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 08 ޑިސެންބަރު 2015 14:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

ދެކުނުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ސ. މީދޫ ދިވެހިރާއްޖެ

އަސާސީ މުސާރަ

މަހަކު -/4،465 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %45

- ސަރވިސް އެލަވަންސް: -/1،500

- ލިވިންގ އެލަވަންސް: -/2،850

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ’ޑީ’ ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ’ދިވެހި’ މި މާއްދާއިން ދަށްވެގެން ’ސީ’ ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- މުވައްޒަފުންނާ ގުޅޭ މަސައްކަތްތައް ކުރުން.

2- ކޯޓުން އެއްކުރަންޖެހޭ އެންމެހައި ތަފާސްހިސާބުތައް އެއްކޮށް، ފޯމެޓަށް އެޅުން.

3- ކައުންޓަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

4- ކޯޓަށް އަންނަ ލިޔެކިޔުންތައް އެންޓްރީކޮށް، ސެކްޝަންތަކާ ހަމަޔަށް ފޯރުކޮށްދިނުން.

5- ރެކޯޑްތައް ބެލެހެއްޓުން.

6- ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

7- ކޯޓުގެ ފަނޑިޔާރުން ކުރައްވާ ދަތުރުފުޅުތަކާއި، ބައިވެރިވަޑައިގަންނަވާ މުނާސަބަތުތަކާ ގުޅިގެން ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

8- ކޯޓުގެ މުވައްޒަފުންގެ ތެރެއިން ޗުއްޓީއާއި ސަލާމުގައި ތިބޭ މުވައްޒަފުންގެ މަޢުލޫމާތާއި، ކޯޓުގެ މުވައްޒަފުންގެ ޕަރފޯމަންސް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތެއްނަމަ، އެމް.ކިއު.އޭ އިން އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

7- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، އަދާކުރި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2015 ޑިސެންބަރު 8 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، ސ. މީދޫ މެޖިސްޓްރޭޓް ކޯޓުންނާއި، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. 
  • ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށާއި ޑިޕާޓްމަންޓަށް ވަޒީފާއަށް އެދޭ  ފޯމު  ހުށަހަޅާ  ފަރާތްތަކުން  ހުށަހަޅާނީ،  ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމެވެ.)
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ފޯނު ނަންބަރަކީ 3006280 އެވެ.  
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެއެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން  ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދެވޭ މިންވަރެއްގެ މައްޗަށާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފެންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.
  • މި މަޤާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ދުވަސް ފަހުން އަންގާނެއެވެ.

 10 ޞަފަރު 1437

22 ނޮވެންބަރު 2015