ދިވެހިރާއްޖެ
މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.
ކޮންޓްރެކްޓް އުސޫލުން 2016ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކަމަށް އެދި ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިކަން ކުރެއްވުމަށް ހުށަހެޅުއްވޭނީ މިކަމާ ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ހާޒިރުވެލައްވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުން:
މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:30ގައި މި ސްކޫލުގައެވެ.
އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:
މި މަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 22 ނޮވެންބަރު 2015ވާ އާދީއްތަ ދުވަހުގެ 10:30ގައި މި ސްކޫލުގައެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ކޮންޓްރެކްޓް އުސޫލުން ސެކިއުރިޓީ ބެލެހެއްޓުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނުކުރަމެވެ.
ސްކޫލްތަކުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ ބިޑް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭގޮތުގެ ތަފުސީލު
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
75 މާކްސް |
|
(Benchmark Price / Submitted Price) x Allocated Percentage |
ތަޖްރިބާ |
15 މާކްސް |
|
(Submitted experience duration / Benchmark experience duration) x Allocated Percentage |
މުވައްޒަފުން |
10 މާކްސް |
|
(Number of Security Officers / Bench Mark) x Allocated Percentage |
19 މުޙައްރަމް 1437