ވަޒީފާގެ ފުރުޞަތު
ނަންބަރު: GS213/IUL/2015/26
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 09 ނޮވެންބަރު 2015 14:00
ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ

އިޢުލާން

ޕްރީސްކޫލް ޓީޗަރުން ހޯދުމަށް:

މަޤާމް: ޕްރީސްކޫލް ޓީޗަރ 

ބޭނުންވާ އަދަދު: 7 (ހަތެއް)

ވަޒީފާ އޮތް އޮފީސް: ދުވާފަރު ޕްރައިމަރީ ސްކޫލް، ރ. ދުވާފަރު

މަޤާމުގެ ގިންތި:  ކޮންޓްރެކްޓް (1 އަހަރު ދުވަސް)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްސަން (ދުވާފަރު ޕްރައިމަރީ ސްކޫލް)                     

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެލް. ކޭ. ޖީ. އާއި، ޔޫ. ކޭ. ޖީ. ގެ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ޓްރެއިންޑް ޓީޗަރ

 

GS4

ޓީޗިންގ ސަރވިސް އޮފިސަރ 1

ޕްރީސްކޫލް ޓީޗިންގގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/5020

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/5،610

ގްރެޖްއޭޓް ޓީޗަރ

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

-/6،295

ކޮލިފައިޑް ޓީޗަރ

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/7،035

ކޮލިފައިޑް ޓީޗަރ

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ނުވަތަ ލެވެލް 8 ގެ އިތުރު ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު (ލެވެލް 7 ގެ ސަނަދެއްނެތި)، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެފައިވުން.

-/7،875

ކޮލިފައިޑް ޓީޗަރ

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، އަދި ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/8،835

ކޮލިފައިޑް ޓީޗަރ

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/9،890

ސީނިއަރ ޓީޗަރ

EX3

ޓީޗިންގ ސަރވިސް އޮފިސަރ 8

ޓީޗިންގ  ސަރވިސް  އޮފިސަރ  7  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/11،065

ސީނިއަރ ޓީޗަރ

EX4

ޓީޗިންގ ސަރވިސް އޮފިސަރ 9

ޓީޗިންގ  ސަރވިސް  އޮފިސަރ  8  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން.

-/12،400

ސީނިއަރ ޓީޗަރ

EX5

ޓީޗިންގ ސަރވިސް އޮފިސަރ 10

ޓީޗިންގ  ސަރވިސް  އޮފިސަރ  9  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/13،890

ސީނިއަރ ޓީޗަރ

EX6

ޓީޗިންގ ސަރވިސް އޮފިސަރ 11

ޓީޗިންގ  ސަރވިސް  އޮފިސަރ  10  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/15،560

- ކިޔަވައިދިނުމުގެ ދާއިރާކަމަށް ބެލެވޭނީ، ޕްރީސްކޫލް ޓީޗިންގ ހަދާފައިވާ ފަރާތްތަކެވެ.

- މަތީގައިވާ ޝަރުޠުތައް ހަމަވާ ޓީޗަރުން ނުލިބިއްޖެނަމަ، އިދާރީ މަޤާމުތަކުގެ އޮނިގަނޑުގެ ވަޒީފާއަށް މީހުން ޢައްޔަންކުރުމުގައި، ޖީ. އެސް. 3 ގެ ޝަރުޠު ހަމަވާ ފަރާތްތައް ނުވަތަ ޖީ. އެސް. 4 ގެ ޝަރުޠު ހަމަވާ ފަރާތްތައް ގުނޭނެއެވެ. 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ފާއިތުވި އަހަރުތަކުގައި ޕްރީސްކޫލް ޓީޗަރެއްގެގޮތުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.            

އިންޓަވިއު ކުރުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު، ރަސްމީ ވަގުތުތަކުގައި، ދުވާފަރު ޕްރައިމަރީ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

ށ-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ-  ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ-  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ-  ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ މެއިލް އެޑްރެހާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ (ދުވާފަރު ޕްރައިމަރީ ސްކޫލުގެ) އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ނޮވެންބަރު 9 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިއެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ވަގުތުތަކުގައި މި ސްކޫލުގެ (ދުވާފަރު ޕްރައިމަރީ ސްކޫލުގެ) 6582703 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

މަޤާމްތަކަށް މީހުން ހަމަޖެއްސުމަށް މާކްސް ދޭނެ ގޮތް:

- މަޤާމުގެ ޝަރުޠު ފުރިހަމަވާނަމަ މާކްސް ދޭނީ، ފަންނީ މަޤާމުތަކަށް މީހުން ހޮވުމުގެ އުޞޫލުގައިވާގޮތުގެމަތިން އެ އުޞޫލުގައިވާ ފޯމު ބޭނުންކޮށްގެންނެވެ.

- މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތައް ނުލިބިގެން އިޢުލާނުގެ ޑީ. އެސް. 3 ގެ ނުވަތަ 4 ގެ މަޤާމަށް މީހުން ހަމަޖައްސާނަމަ ޕޮއިންޓްދޭނީ، އިދާރީ މަޤާމްތަކަށް ޕޮއިންޓްދިނުމަށް ބޭނުންކުރާ އޭ 2 ފޯމު (ޖީ. އެސް. 1 އިން އެމް. އެސް. 2 އަށް) އެވެ.

16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015