ދިވެހިރާއްޖެ
މިރަށުގައި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންކުރަމުން ގެންދާ ނެޓްވޯކް ބޭނުންކޮށްގެން، ޤާނޫނު ނަމްބަރު 2010 /16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން އެ ޚިދުމަތް މިރަށުގައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 29 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 4 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތާއި އަގު ހުށަހެޅުމަށް އެހެންފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސޮއިކޮށްފައިވާ ލިޔުމެއް ފޮނުވަންވާނެއެވެ. ފޮނުވާ އަންދާސީހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި" ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މި ޚިދުމަތް ދިނުމަށްޓަކައި ކުއްޔަށްދެވޭނީ، 10 އަހަރުގެ މުއްދަތަށް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކަމުގައި ދަންނަވަމެވެ.
30 ޛުލްޤަޢިދާ 1436