މަސައްކަތް
ނަންބަރު: (IUL)455/1/2015/19
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި: 01 ސެޕްޓެންބަރު 2015 10:00
ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ހޯދުން

މިކޮމިޝަނަށް ބޭނުންވާ ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 1 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 6 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިކޮމިޝަނަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

މި އަންދާސީހިސާބާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.

  • އަގު:      %55
  • ތަޖުރިބާ:    %25 (ތަޖުރިބާއަށް މާކްސް ދެވޭނީ 2012 ވަނަ އަހަރުގެ ފަހުން މިފަދަ މަސައްކަތެއް ނިންމާފައިވާކަން އެނގޭގޮތަށް ދީފައިވާ ލިޔުންތަކަށެވެ.)
  • މުއްދަތު:    %20 (މުއްދަތު ގުނޭނީ ރަސްމީ ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ.)

ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާވާހަކަ ދެންނެވީމެވެ.

މިއިޢުލާނަކީ، 23 ޖުލައި 2015 ގައި މިކޮމިޝަނުން ކުރި ނަންބަރު IUL)455/1/2015/16) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ބިޑް ހުށަހަޅާފައިނުވާތީ ކޮށްފައިވާ އިޢުލާނެކެވެ.

12 ޛުލްޤަޢިދާ 1436

27 އޮގަސްޓް 2015