ވަޒީފާގެ ފުރުޞަތު
ނަންބަރު: MRH/2015/04
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:35
ސުންގަޑި: 30 އޮގަސްޓް 2015 12:00
މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މ. މުލަކު ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

މަސައްކަތު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: SS 1

މުސާރަ

މަހަކު -/3,100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ

ޑިވިޜަން/ ސެކްޝަން

-

ވަޒީފާ އަދާކުރަންޖެހޭ ތަން

މުލަކު ޞިއްޙީ މަރުކަޒު / މ. މުލައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ޞަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި، އެތަންނަތުން އުފެދޭ ކުނިބުނި ރައްކާތެރިކަމާއެކު ނައްތައިލުން (އިންސިނިރޭޓް ކުރުން) އަދި އަންދާނުލެވޭ ތަކެތި އެފަދަ ތަކެތި އުކާލުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދަށް ގެންގޮސް އުކާލުން.
  2. ޞިއްޙީ މަރުކަޒުން ހަމަޖައްސާގޮތެއްގެމަތިން ޞިއްޙީ މަރުކަޒުގެ ގޯތިތެރޭގައި ގަސްހައްދައި، ގަސްތައްކޮށައި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.    
  3. ޞިއްޙީ މަރުކަޒަށް ބޯފެން ނެގުމަށް ބޭނުންކުރަމުންދާ ދިޔަދޮވި، ބޯފެން އެޅުމަށް ބަހައްޓާފައިވާ ފެންތާނގީތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
  4. މުވައްޒަފުންގެ ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުމާއި، މުވައްޒަފުން ބޯން ބޭނުންކުރަމުންދާ ފެން އައިސްއަލަމާރީން ހުސްވިޔަނުދީ ބެހެއްޓުމާއި، އައިސްއަލަމާރި ސާފުކޮށް ބެލެހެއްޓުން.
  5. ޞިއްޙީ މަރުކަޒުން ފެންނެގުމަށް ބޭނުންކުރަމުންދާ ވަޅު، ދޮވެ ސާފުކޮށް ބެލެހެއްޓުން.
  6. ޞިއްޙީ މަރުކަޒުގެ ވަށައިގެންވާ ފާރު ސާފުކޮށް ބެލެހެއްޓުން.
  7. ޞިއްޙީ މަރުކަޒުގެ ފަރާތުން ހަވާލުކުރާ ލިސްޓްތަކަށް މީހުންނަށް ގަޑިއަށް ކިޔުން.
  8. ޞިއްޙީ މަރުކަޒުގެ ބޭނުންތަކުގައި އެކިތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި،މެސެޖާއި، އެހެނިހެން ލިޔެކިޔުންތަކާއި، ތަކެތި އޮފީހުން އަންގާ ތަންތަނަށް ފަރުވާތެރިކަމާއެކު ގެންގޮސްދިނުމާއި، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  9. ޞިއްޙީ މަރުކަޒުން ހަވާލުކުރާ އޯޑަރު ފޯމުގައިވާ ތަކެތި ރައްކާތެރިކަމާއެކު، ޞިއްޙީ މަރުކަޒަށް ގެނައުމާއި، ގަންނަންޖެހޭ ތަކެތީގެ އަގު ބެލުމުގެ މަސައްކަތް ކުރުން.
  10. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ އޯޕީޑީ ކައުންޓަރުންނާއި، މ. މުލަކު ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ލިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އޮގަސްޓު 30 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މ. މުލަކު ޞިއްޙީ މަރުކަޒަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

އިންޓަވިއު އޮންނާނެ ތާރީޚާއި ތަނާއި ގަޑި، ޝަރުޠު ފުރިހަމަވާ / ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 6720592 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި  މި  ހޮސްޕިޓަލް  އޯޕީޑީ  ކައުންޓަރުންނާއި،  މ.  މުލަކު  ޞިއްޙީ  މަރުކަޒުގެ ކައުންޓަރުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.

5 ޛުލްޤައިދާ 1436

20 އޮގަސްޓް 2015