ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)345-CAA/345/2015/1017
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި: 25 އޮގަސްޓް 2015 14:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ


އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ފައިނޭންސް އޮފިސަރ

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (2 އަހަރު ދުވަސް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ

ޔުނިޓް:

ކޯޕަރޭޓް އެފެއާޒް ޔުނިޓް

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  "ޑީ"  ގްރޭޑް ލިބިފައިވުމާއެކު،  އޭގެ  އިތުރުން،  ސެކަންޑަރީ  ސްކޫލު  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މުސާރައިގެ އެންމެހައި މަސައްކަތްތައް ކުރުން.
  2. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ، ކައުންސިލްގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ޚަރަދުކުރުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބަޖެޓް ހިސާބުތައް ލިޔެ ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކޮށްފައި ކަމާބެހޭ ފަރާތްތަކަށް ފޮނުވައި ފައިލްކޮށް ބެލެހެއްޓުން.
  3. ހަރުމުދާ ގަތުމާއި، ބަޖެޓް ޓްރާންސްފަރކުރުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. ޕެންޝަން ސްކީމާއި، އިންޓަރނެޓް ބޭންކިންގއާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
  5. އެސްޓީއޯ ކްރެޓިޑް ސްކީމާއި އަދިވެސް މިބާވަތުގެ ސްކީމްތަކުގައި ބައިވެރިވުމަށްއެދޭ މުވައްޒަފުންނަށް އެކަމުގެ މަގުފަހިކޮށްދިނުމާއި، ސްކީމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. މީގެ އިތުރުން، އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 5 ދުވަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަރވިއު އޮންނަ ތަނާއި ތާރީޚާއި ގަޑި ފަހުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް  އެދޭ  ފޯމު  ހުށަހެޅޭނެ  އެންމެ  ފަހު  ތާރީޚަކީ،  2015 އޮގަސްޓު 25 ވާ އަންގާރަ ދުވަހު މެންދުރުފަހު 2:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، އއ. މާޅޮހު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 6660059 ނަންބަރު ފޯނާ ގުޅުމުން، މަޢުލޫމާތު ސާފުކޮށްދޭނެއެވެ. ފެކްސް ނަންބަރަކީ، 6660059 އެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

25 ޝައްޥާލް 1436 

10 އޮގަސްޓް 2015