ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)427-LCM/1/2015/29
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 17:55
ސުންގަޑި: 18 އޮގަސްޓް 2015 14:30
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މުޅިރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ހުޅުވާލުން

މުޅިރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ހުޅުވާލުން                                  

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 24ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން  18 އޮގަސްޓު 2015އާ ހަމައަށް ހުޅުވާލައިފީމެވެ. 

ލައިސަންސަށް އެދި ހުށަހަޅާ ފޯމު މިކޮމިޝަނުގެ ވެބް ސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފޯމު ކޮމިޝަނުގެ ފްރަންޓް އޮފީހުން ވެސް ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 18 އޮގަސްޓު 2015ވާ އަންގާރަ ދުވަހުގެ 14:30 އެވެ. މި މުއްދަތުގެ ތެރޭގައި ލައިސަންސް އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން އެގަވައިދާއެއްގޮތަށް ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް ލައިސަންސް ދޫކުރާގޮތަށް ހަމަޖެހިފައިވެއެވެ.

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

                                                4 ޝައްވާލް 1436

20 ޖުލައި 2015