ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2015/184
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 10:58
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ކައުންސިލާއި، ހދ. ނައިވާދޫ ކައުންސިލާއި، ނ. ހެނބަދޫ ކައުންސިލްގެ ބައި-އިލެކްޝަން- މާލޭގައި ބަހައްޓާ ވޯޓުފޮށީގެ ޢަދަދަށް ބަދަލުގެނައުން

މި ކޮމިޝަނުގެ ނަންބަރު: A)CA-2015/173) (ތާރީޚު:2015 ޖުލައި 6) ގެ އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ. 2015 އޮގަސްޓު 1 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. ދިއްދޫ ކައުންސިލާއި، ހދ. ނައިވާދޫ ކައުންސިލާއި، ނ. ހެނބަދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުނެގުމަށް، މާލޭގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ 2 ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންގެ ޢަދަދު މަދުވުމުގެ ސަބަބުން، ހދ. ނައިވާދޫ މީހުންނާއި، ނ. ހެނބަދޫ މީހުން ވޯޓުލުމަށް މާލޭގައި ބެހެއްޓުމަށް ހަމަޖެއްސި B01.0.1 (ހދ. ނައިވާދޫ، މާލެ -1) ނަންބަރު ވޯޓުފޮށި ނުބަހައްޓާގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެހެންކަމުން ހއ. ދިއްދޫ ކައުންސިލާއި، ހދ. ނައިވާދޫ ކައުންސިލާއި، ނ. ހެނބަދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުނެގުމަށް، މިހާރު މާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓުފޮށީގެ މަޢުލޫމާތު ތިރީގައި މިދަންނަވަނީއެވެ.  

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

މާލެ

ދަރުމަވަންތަ ސްކޫލު ހޯލުގައި

މި ފޮށްޓަށް ވޯޓުލާނީ ހއ. ދިއްދޫ މީހުންނާއި ހދ. ނައިވާދޫ މީހުންނާއި، ނ. ހެނބަދޫ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

ހއ. ދިއްދޫ، މާލެ -1

A04.0.1

1

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނު ކުރަމެވެ.

28 ރަމަޟާން 1436 

15 ޖުލައި 2015