މަސައްކަތް
ނަންބަރު: (IUL)10-F/1/2015/91
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 10:23
ސުންގަޑި: 30 ޖުލައި 2015 11:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޢިމާރާތްތައް މަރާމާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ކ.މާފުށީގައި ހުންނަ ތަޢުލީމާއި މަސައްކަތްތެރިކަން އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ތިރީގައި މިދަންނަވާ ޢިމާރާތްތައް މަރާމާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

- ފިރިހެންކުދިންގެ އެކަމަޑޭޝަން ބްލޮކް

- މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކް

- އަންހެންކުދިންގެ އެކަމަޑޭޝަން ބްލޮކް

- މަރުކަޒުގެ ހޯލް

- ފަހާގެއާއި އާރޓް ރޫމް

- ފެންވަރާ ބައި

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

‏28 ރަމަޟާން  1436

15 ޖުލައި 2015