ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2015/39
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 30 ޖުލައި 2015 15:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމާބެހޭ

އިޢުލާން

ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމާބެހޭ

މިރަށުން ދިރިއުޅުމަށްޓަކައި ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލަމެވެ.

ގޯއްޗަށް އެދުމުގައި އަމަލު ކުރަންވީގޮތް: ހުޅުވައިލެވިފައިވާ މުއްދަތުގެ ތެރޭގައި ރަށުކައުންސިލުން ދޫކުރާ ބަނޑާރަ ގޯއްޗަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.

  1. ގޯތި ދޫކުރާ ސަރަހައްދު: އިންނަމާދޫ ކުލަބު ނޫހިރީގޭގެ އިރުމަތިން އޮތް 2 ބުލޮކް
  2. ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ގޯތީގެ ބޮޑުމިން: 37 ގޯތި، 2000 އަކަފޫޓު (50ފޫޓު * 40ފޫޓު)
  3. ގޯއްޗަށް އެދި ކުރިމަތިލެވޭ މީހުންގައި ހުންނަށްޖެހޭ ޝަރުތުތައް:
  • ދިވެހި ރައްޔިތެއްކަމުގައިވުން
  • އުމުރުން 18 އަހަރު ފުރިފައިވުން
  • ކައިވެނީގެ ގޮތުން ގުޅި ދިރިއުޅުމެއް ފަށާފައިވާ މީހަކުކަމުގައިވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން
  • ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައި ދީފައިވާ ޢިމާރާތެއް، ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން. އަދި މިފަދަތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށް ދީ ނުވަތަ ވިއްކާފައިނުވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓު ހަމަވާ ނުވަތަ އެއްވުރެ ބޮޑުބައެއް ލިބިފައިނުވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށް ދީ ނުވަތަ ވިއްކާފައިނުވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަނޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބި ނެތުން، ނުވަތަ ލިބިއޮތް ނަމަ އެތަނެއް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ލިބި، އެބިމަކީ ވަކިން އިމާރާތްކޮށްފައިވާ ނުވަތަ ވަކިން ޢިމާރާތް ކުރެވޭގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން
  • ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިނެތުން

  4. ގޯތި ދިނުމުގެ ގަވާއިދު 7 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އިތުރު ސަރުތުތައް:

  • ދެމަފިރިން ކޮންމެ މިހަކަށް ގޯއްޗެއް ނުދެވޭނެއެވެ.
  • މައިން ބަފައިން ނިޔައުވެ، މައިން ބަފައިންގެ ގޯތި ގެދޮރު ލިބޭ މީހުންގެ ތެރެއިން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ނުލިބޭމީހުންނަށް ގޯތި ދޫކުރެވޭނީ މައިން ބަފައިންގެ ތަރިކައިގެ މައްސަލަ ޝަރީޢަތުން ނިމި އެ ގޯއްޗެއް ލިބޭ ފަރާތެއް އެނގުމުންނެވެ.

 ވީމާ، ދިރިއުޅުމަށްޓަކައި ގޯތި ހޯދުމަށް އެދޭ ފަރާތްތަކުގެ ތެރެއިން މަތީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ފުރިހަމަ ކުރައްވައި މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                       21 ރަމަޟާން 1436

08 ޖުލައި 2015