ކުއްޔަށް ދިނުން
ނަންބަރު: (IUL)59/2015/306/306
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:47
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ބިޑް އުސޫލުން ކުއްޔަށް ދޫކުރުން

ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ބިޑް އުސޫލުން ކުއްޔަށް ދޫކުރުން

މިރަށުގެ ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން ބަނދަރު މޫނުމައްޗައް ވާގޮތަށް (އާންމު ވިިޔަފާރި/ ފިހާރަ) ހެދުމަށް އޮތް 3 ބިން ،ބިޑު އުސޫލުން ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ.

ވީމާ، އާމްދަނީ ހޯދުމަށް މަސައްކަތެއް ކުރުމަށް، އެއިންތަނެއް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމާއި، ބިޑް ޑޮކިޔުމަންޓްސް ހަވާލުކުރުން (ރަސްމާދޫ ކައުންސިލްގެ އިދާރާ)

  • 09 ޖުލައި 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00ގައި

 އަންދާސީހިސާބު ބަލައިގަތުމަށް ބާއްވާ ބިޑް އޯޕަން މީޓިން

  • 16 ޖުލައި 2015 ވާ (ބުރާސްފަތި ) ދުވަހުގެ 11:00ގައި ރަސްމާދޫ ކައުންސިލްގެ އިދާރާގައި

މަޢުލޫމާތު ދިނުމާއި، ބިޑް ޑޮކިޔުމަންޓްސް ހަވާލުކުރުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ރަމަޟާން 1436

29 ޖޫން 2015