މަސައްކަތް
ނަންބަރު: (IUL)306/306/2015/44
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 10 ޖޫން 2015 10:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރުމިސްކިތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ރަސްމާދޫ ހުކުރުމިސްކިތް (މަސްޖިދުލް އަމީން) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މިރަށު ހުކުރުމިސްކިތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލްގެ ނަންބަރު IUL)306/306/2015/40)ފ(19 މޭ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

މިކައުންސިލުން އަންގާ ގޮތެއްގެ މަތިން، ރަސްމާދޫ ހުކުރުމިސްކިތް (މަސްޖިދުލް އަމީން) މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެގޮތުން މިސްކިތުގެ މަރާމާތުގެ މަސައްކަތުގެ ތެރޭގައި، މިސްކިތުގެ ފުރާޅުގެ ޓިނު ބަދަލުކުރުމާއި، ސީލިންގ ކުރުމާއި، މިސްކިތުގެ އެތެރެއާއި ބޭރުގައި ކުލަލުމުގެ މަސައްކަތް ހިމެނެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖޫން 2015 ވާ (ބުދަ) ދުވަހުގެ 10:00 ގައި މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރައްވައި، 16 ޖޫން 2015 ވާ (އަންގާރަ) ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

02 ޖޫން 2015