މަސައްކަތް
ނަންބަރު: (IUL)-A14-MC/2015/04
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 02 ޖޫން 2015 11:30
ތިލަދުންމަތީ އުތުރުބުރީ އުތީމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ފާޚާނާތަށި ބަދަލުކޮށް، ފާޚާނާ ހިޔާކުރުމަށް

މިކޯޓުގެ ގިފިލީގައި ބެހެއްޓިފައިވާ ފާޚާނާތަށި ބަދަލުކޮށް، ފާޚާނާ ހިޔާކުރުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިކޯޓަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 14:20 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަމާއި، ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެވިފައި އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 ޝަޢުބާން 1436

26 މޭ 2015