ޢާންމު މަޢުލޫމާތު
ނަންބަރު: IUL/10-M50/10/2015/9
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2015
ޕަބްލިޝްކުރި ގަޑި: 18:03
ސުންގަޑި: 31 މޭ 2015 00:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ފުޅަނދުބުރުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު

އިޢުލާން

މިއަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރާ އަހަރު ކަމުގައިވާތީ، މިއަހަރުގެ މިނިވަންދުވަހުގެ ރަސްމިއްޔާތު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

މިގޮތުން މިނިވަންދުވަހުގެ މުނާސަބަތުގައި މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި، މިނިވަން ފަންސާހާގުޅޭ ޚާއްޞަ ފުޅަނދުބުރެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިނިވަން ފަންސާހުގެ މުނާސަބަތުގައި ބާއްވާ މި ފުޅަނދުބުރު އަމާޒު ކުރުމަށް ހަމަޖެހިފައިވަނީ ވޭތުވެދިޔަ ފަންސާސް އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ކުރިއެރުމާއި، ތަރައްޤީގެ މައްޗަށެވެ.

ވީމާ، މި ފުޅަނދުބުރުގައި ބައިވެރިވެ ވަޑައިގަތުމަށް އެދޭ ރިސޯޓްތަކުންނާއި، އަދި އެހެނިހެން ފަރާތްތަކުން 31 މޭ 2015 ވާ އާދީއްތަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން އެކަން މިމިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ.

28 ރަޖަބު 1436

17 މޭ 2015