ބީލަން
ނަންބަރު: (IUL)389/389/2024/7
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 15 އޭޕްރިލް 2024 11:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ހިރިލަންދޫ ކައުންސިލްގައި GNSS ޓެކްނޮލޮޖީ ގާއިމުކުރުމަށް ބޭނުންވާ ތަކެތި ގަތުން.

މިކައުންސިލްގައި GNSS ޓެކްނޮލޮޖީ ބޭނުންކުރުމަށް ބޭނުންވާ ބޭސް ސްޓޭޝަން އާއި ރޯވާ ނުވަތަ CORS ސްޓޭޝަން އާއި ރޯވާގެ އިތުރުން ފީލްޑް ޑާޓާ ކަލެކްޓާއާއި ސޮފްޓެވެއަރ އާއި އަދި އެތަކެތި ބޭނުންކުރުމަށް ބޭނުންވާ އެހެނިހެން ތަކެތި ފޯރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6780032 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު މަޢުލޫމާތު ޝީޓް އާންމުކުރެވިފައިވާނެއެވެ. ކޯޓޭޝަންގައި ހިމަނަން ޖެހޭ މަޢުލޫމާތުތަކާއި، ޕޮއިންޓް ދޭނެ ކްރައިޓީރިއާތައް މަޢުލޫމާތު ޝީޓްގައި ބަޔާންކުރެވިފައި ވާނެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޭޕްރިލް 2024 ވާ ހޯމަ ދުވަހުގެ 11:00 އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

26 މާރިޗު 2024