މަސައްކަތް
ނަންބަރު: 65-GS-A/2015/06
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި: 27 އޭޕްރިލް 2015 10:30
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކުރުމާގުޅޭ

މި ސްކޫލުގެ ކުރަންހުރި ބައެއްމަސައްކަތްތައް ކުރުމާ ގުޅޭ   

މި ސްކޫލުގައި މަރާމާތުކުރަންޖެހޭ ބައެއް ތަކެތި ( ހަލާކުވެފައިވާ ކުޑަދޮރުގެ ތަންޑު އަދި ހުޅު ހަރުކުރުމާއި ހަލާކުވެފައިވާ ފަންކާ ބަދަލުކުރުން ފަދަ ކަންތައްތައް ) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އެޕްރީލް 2015ވާ ހޯމަ ދުވަހުގެ ހެނދުނު 10:30ގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އެޕްރީލް 2015ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަން ވާނެއެވެ. 

26 ޖުމާދަލްއާޚިރާ 1436

15 އޭޕްރިލް 2015