ދެންނެވުން
ނަންބަރު: (IUL)415/415/2024/37
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 03 މާރިޗު 2024 11:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްވިމިންގ ޓްރެކް ސަރަޙައްދުގައިހުރި ގުދަން / ގަރާޖު ބިންތަކުން ކުރެވޭ ބޭނުންތަކަށް ބަދަލު ގެނެވޭގޮތަށް އެބިންތަކުގެ އެގްރީމެންޓްތަކަށް ބަދަލު ގެނައުމާއިބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުން

އިޢުލާން

ސްވިމިންގ ޓްރެކް ސަރަޙައްދުގައިހުރި ގުދަން / ގަރާޖު ބިންތަކުން ކުރެވޭ ބޭނުންތަކަށް ބަދަލު ގެނެވޭގޮތަށް އެބިންތަކުގެ އެގްރީމެންޓްތަކަށް ބަދަލު ގެނައުމާއިބެހޭގޮތުންރައްޔިތުންގެ ޚިޔާލު ހޯދުން

       ސްވިމިންގ ޓްރެކް ސަރަޙައްދުގައިހުރި ގުދަން / ގަރާޖު ބިންތަކުން ކުރެވޭ ބޭނުންތަކަށް ބަދަލު ގެނެވޭގޮތަށް އެބިންތަކުގެ އެގްރީމެންޓްތަކަށް ބަދަލު ގެނައުމާއިބެހޭގޮތުން ރައްޔިތުންނާއި މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް ތިނަދޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި  ކައުންސިލުގެ އިސްވެރިންނާއި އަދި ކަމާބެހޭ ސެކްޝަނުގެ މުވައްޒަފުންނާއި އެކު 03 މާރިޗު 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ތިނަދޫ އާބާދީ މަރުކަޒުގައި އޮންނާނެއެވެ.

ވީމާ، މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ތިނަދޫގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

28 ފެބުރުވަރީ 2024