ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2024/16
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 22:31
ސުންގަޑި: 28 ފެބުރުވަރީ 2024 20:30
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމާގުޅޭ

އިޢުލާން

 

ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމާގުޅޭ

      

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ ތެރޭގައި ބާއްވަންޖެހޭ ބައްދަލުވުން 2024 ފެބްރުވަރީ 28 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި އަލިފުށި ޕްރީސްކޫލްގައި އޮންނާނެއެވެ.

 މި ބައްދަލުވުމުގައި 2023 ވަނަ އަހަރު ކައުންސިލުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް އަދި 2024 ވަނަ އަހަރަށް ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓް ހުށަހެޅުން އޮންނާނެއެވެ.

ވީމާ، ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ދަންނަވަމެވެ.

11  ޝަޢުބާން  1445            

 21  ފެބުރުވަރީ  2024

 

21 ފެބުރުވަރީ 2024