ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2024/7
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 01 ފެބުރުވަރީ 2024 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ހުޅުވާލުން

ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 2024 ޖަނަވަރީ 14 އިން 2024 ފެބްރުއަރީ 01 ވަނަ ދުވަހުގެ  13:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

            އެހެންކަމުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  ފޯމް ދޫކުރުން އޮންނާނީ 2024 ޖަނަވަރީ 14 ވަނަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:00 އަށެވެ. ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 2024 ފެބްރުއަރީ 01 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

             މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

14 ޖަނަވަރީ 2024