ދިވެހިރާއްޖެ
ގއ. ކަނޑުހުޅުދޫ އިންޖީނުގޭގެ ގޯތީގައި އަލަށް އޮފީސްބައެއް ޢިމާރާތްކުރުމަށް ކުރެވުނު ނަންބަރު:FNK-K(T)/FNK/IUL/2015/021ފ(9 މާރިޗު 2015) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ތައްޔާރުކުރެވިފައިވާ މައުލޫމާތުޝީޓު ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑި ހެނދުނު 08:00 ން 16:00 އަށް މި ކުންފުނީގެ ހެޑްއޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަދި ތިރީގައިވާ ބްރާންޗްތަކުން ލިބެން ހުންނާނެއެވެ. މަޢުލޫމާތުޝީޓުގައި ކުރަންހުރި މަސައްކަތްތަކުގެ އަންދާސީހިސާބު 01 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކުންފުނީގެ ހެޑްއޮފީހަށް ނުވަތަ ގއ. ކަނޑުހުޅުދޫ ބްރާންޗް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި މާކްސް ދެވޭނެ މިންގަނޑު ތިރީގައި މިވަނީއެވެ.
- އަގު: 70 މާކްސް
- މަސައްކަތް ނިންމާ މުއްދަތު: 20 މާކްސް
- މަސައްކަތުގެ ތަޖުރިބާ: 10 މާކްސް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)
ބްރާންޗްތައް:
- ގއ. މާމެންދޫ
- ގއ. ކޮލަމާފުށި
- ގއ. ދެއްވަދޫ
- ގއ. ދާންދޫ
- ގއ. ވިލިނގިލި (ގއ.ރީޖަނަލް އޮފީސް)
- ގއ. ކަނޑުހުޅުދޫ
- ގއ. ގެމަނަފުށި
- ގއ. ކޮނޑޭ
- ގއ. ނިލަންދޫ
06 ޖުމާދަލްއާޚިރާ 1436