ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)341-ADMN/341/2023/80
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 31 ޖަނަވަރީ 2024 00:00
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިއުކާލުމަށް ނަގައި އައު ފީ ނެގުން ލަސްކުރުމާއި ގުޅޭ

މި އިދާރާގެ ނަންބަރު: (IUL)341-MS/341/2023/64   (06 ނޮވެމްބަރ 2023) އިޢުލާނުން ވާނީ ކުނީގެ އައު ފީ 01 ޖެނުއަރީ 2024 އިން ފެށިގެން ނެގުމަށް ހަމަޖެހިފައިވާކަން އިޢުލާން ކޮށްފައެވެ. އެހެންނަމަވެސް، އައު ރޭޓަށް ފީ ނެގުން 01 ފެބްރުއަރީ 2024 އަށް ލަސްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

              ވީމާ، 01 ޖަނަވަރީ 2024 އިން 31 ޖަނަވަރީ 2024 ގެ ނިޔަލަށް ރައްކައުތެރިގޮތުގައި ކުނިއުކާލުމާއި ނައްތާލުމުގެ އައު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ދަންނަވަމެވެ. ރައްކައުތެރި ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމު ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމަށް ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ.   

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

31 ޑިސެންބަރު 2023