ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2023/140
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 01 ފެބުރުވަރީ 2024 14:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރާވީސް ނަމާދު ކުރުމާއި ގުޅޭ

1445 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދު މޫސާ ޢަލީގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދަން ބޭނުންވާތީ، އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް ފުރުޞަތު ހުޅުވާލަމެވެ.

          ތަރާވީޙު ނަމާދު ކުރުމަށް އެދޭ ޙާފިޡުން 2024 ފެބްރުއަރީ 01 ވަނަ ދުވަހު 14:00 ގެ ކުރިން "ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް" ފުރިހަމަކޮށް ލިޔުންތަކާއިއެކު މިއިދާރާއަށް ހުށަހެޅުވުމަށް ދަންނަވަމެވެ. އަދި "ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް" މިއިދާރާއިންނާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓް  https://islamicaffairs.gov.mv/?p=7481/  އިން ލިބެން ހުންނާނެކަމުގައި ދަންނަވަމެވެ.

          ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް 500/- (ފައްސަ ސަތޭކަ) ރުފިޔާގެ މަގުންނެވެ.

          އަދި ދަންނަވަމެވެ. 1445 ވަނަ އަހަރު މަސްޖިދު މޫސާ ޢަލީގައި އިމާމުވެ ތަރާވީޙު ނަމާދު ކުރުމުގެ ހުއްދަ ދޭނީ މިކައުންސިލްގެ އިދާރާ މެދުވެރިކޮށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިނެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 ޑިސެންބަރު 2023